އެޕްރީލް މަހު އަތޮޅު ދުވުން ކުޅެގެން ލީޑަ ބޯޑުގެ އެއްވަނާގައި ހިމެނޭ ފަރާތަށް ސީގިއާގެ ފަރާތުން އިންސްޓަ 360 ކެމެރާއެއް ހުށައަޅައިފި އެވެ.

"އަތޮޅު ދުވުން" ގޭމަކީ، ހުރިހާ އުމުރުފުރާއަކަށް ބައިވެރިވެވޭ ގޮތަށް ރާއްޖޭގައި ތައްޔާރުކޮށްފައިވާ ފުރަތަމަ އެންޑްލަސް ރަނާ ގޭމެވެ.

އުރީދޫގެ އެންމެ ފުރަތަމަ އިސްތިހާރު ކަމަށްވާ، "ހަސަނަށް ފޯނެއް"ގެ ދަތުރުގައި މިފަހަރު ރާއީ ދުވެފައި މިދަނީ ރާއްޖޭގެ އުތުރުން ދެކުނަށް، ކޮންމެ މަހަކު ރާއްޖޭގެ އެއް ރަށަށް ނުވަތަ ލެވަލެއް އަންލޮކްވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ގޭމްގެ އެޕްރިލް އަޕްޑޭޓް މިހާރު އެޕަލް އެޕްސްޓޯރު އަދި ގޫގުލް ޕްލޭސްޓޯރުން ވެސް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އުރީދޫން ބުނިގޮތުގައި އަތޮޅު ދުވުމުގެ މާޗު މަހުގެ ޕާޓްނާއަކީ ސީގިއާ އެވެ. މިޕާޓްނާޝިޕްގެ ދަށުން އުރީދޫ އާ ގުޅިގެން މިމަހުގެ ލީޑާބޯޑުގެ އެއްވަނައަށް ދާ ފަރާތަކަށް އިންސްޓަ 360 ކެމެރާއެއް ލިބޭނެ އެވެ. އެޕްރިލް މަހު އަތޮޅު ދުވުން ފެނިގެންދާނީ ބ. އޭދަފުށްޓެވެ.

މިގޭމުގައި 12 ލެވެލް ހިމެނޭއިރު، ކޮންމެ މަހަކު އާލެވެލެއްގައި އާ ރަށަކަށް ދަތުރުކުރެވޭނެ އެވެ. އަންލޮކް ވެގެންދާ ލެވެލް ކުޅެވޭނީ ހަމއެކަނި އެމަހަކު އެވެ. ކަލަންޑަރުގައި ހިމެނޭ މަންޒަރުގައި ސިއްރު އާޓްވޯކެއް ހިމެނިފައިވާނެއެވެ. މި އާޓްވޯކް ގޭމްގެ ތެރެއިން ހޯދައިގެން ބޯނަސް ލެވެލްއެއް ކުޅުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. މިއަހަރުގެ ކަލަންޑަ އަދި ގޭމް ތައްޔާރުކުރައްވާފައި ވަނީ ލޫޕްކްރާފްޓްގެ ހުނަރުވެރި ޓީމުންނެވެ.