ދުނިޔޭގެ ދަތުގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ޓްރީޓޮޕް ހޮސްޕިޓަލުން ދަތް ބްލީޗްކުރާ ޚިދުމަތް ހޯދާ ފަރާތްތަކަށް ދަތް ސާފުކުރާ "ސިމްޕަލް ސްކޭލިން" ހިލޭ ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ހުޅުމާލޭގައި ހުންނަ އެ ހޮސްޕިޓަލުން ބުނީ މި ޕްރޮމޯޝަންގެ ތެރޭގައި ދަތް ބްލީޗްކުރުމުގެ ޚިދުމަތް ހިޔާރުކުރައްވާ ފަރާތްތަކަށް ހިލޭ ސިމްޕަލް ސްކޭލިންގެ ޚިދުމަތް ލިބޭނެ ކަމަށެވެ.

މި ޕްރޮމޯޝަން ކުރިޔަށްދާނީ މާޗް މަހުގެ 28 ވަނަ ދުވަހުން އޭޕްރިލް 18 ގެ ނިޔަލަށެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގެ ޑެންޓަލް ޑިޕާޓްމަންޓް: ތަޖުރިބާއާއި އެންމެ މަތީ ފެންވަރުގެ ފަރުވާ

ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުގެ ޑެންޓަލް ޑިޕާޓްމަންޓުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމުން އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި، ފަރުވާ ހޯދާ ފަރާތްތަކަށް އެންމެ މަތީ ފެންވަރުގެ ފަރުވާ ލިބޭނެ ކަމަށެވެ. އަދި ޓްރީޓޮޕް ހޮސްޕިޓަލުގެ ޑެންޓަލް ޑިޕާޓްމަންޓަކީ ދަތުގެ އެކި ބަލިތަކަށް ފަރުވާ ދެވޭނެ ފެންވަރުގެ ގާބިލުކަން ހުރި ތަޖުރިބާކާރު، ޕްރޮފެޝަނަލް ޓީމެއް ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ އެންމެ ފުޅާ ދާއިރާއެއްގައި ސިއްހީ ޚިދުމަތް ފޯރުކޮށްދޭ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުގެ އަމާޒަކީ ޚިދުމަތް ހޯދާ ފަރާތްތަކަށް ވީހާ ވެސް ލުއި ފަސޭހަ، ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްފޯރުކޮށްދިނުމެވެ.