ބޮލީވުޑްގެ ޒުވާން ބަތަލާ ރަކުލް ޕްރީތު ސިންގް އިންޑިއާގެ ހައިދަރުއާބާދުގައި "އަރަމްބަމް ސްޓާޓްސް ވިތު މިލެޓް" ނަމުގައި ރެސްޓޯރެންޓެއް ހުޅުވަން ތައްޔާރުވެއްޖެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ބަތަލާ ރަކުލް ހައިދަރުއާބާދުގައި ހުޅުވާ މި ރެސްޓޯރެންޓް ހުޅުވަން ހަމަޖެހިފައިވަނީ މިމަހުގެ 16 ވަނަ ދުވަހު އެވެ. އަދި މި ރެސްޓޯރެންޓަކީ އިންޑިއާގެ މަޝްހޫރު އެފް އެންޑް ބީ އަދި ކްލައުޑް ކިޗަން އޮޕަރޭޓަރެއް ކަމަށްވާ ކިއުފުޑްސް އާއި ގުޅިގެން ހުޅުވުމަށް ހަމަޖެހިފައިވާ ރެސްޓޯރެންޓެކެވެ.

ބޮލީވުޑްގެ އިތުރުން އިންޑިއާގެ ދެކުނުގެ ފިލްމުތަކުގައި ވެސް މަސައްކަތް ކުރަމުން އަންނަ ރަކުލް ބުނި ގޮތުގައި އޭނަގެ ރެސްޓޯރަންޓުން ސިއްހަތަށް ފައިދާހުރި ކެއުމުގެ އާދަތައް ކުރިއެރުވުމަށް މަސައްކަތް ކުރާނެ އެވެ.

https://www.instagram.com/reel/C5h5gOaKUs2/?utm_source=ig_embed&ig_rid=fe27a98a-1579-4034-b17e-653bdc889055

ދާދި ފަހުން ކުރީގެ އެކްޓަރު އަދި މިހާރުގެ ޕްރޮޑިއުސަރު ޖެކީ ބަގްނާނީއާ ކައިވެނުކުރި ރަކުލް ރެސްޓޯރަންޓްގެ ވިޔަފާރި އަށް ވަން އިރު، މިފަދަ ވިޔަފާރި ހިންގާ އިންޑިއާގެ މަޝްހޫރު ފިލްމީ ދާއިރާ އަށް ނިސްބަތްވާ އަންހެނުންގެ ތެރޭގައި ޝިލްޕާ ޝެޓީ އާއި ޕްރިޔަންކާ ޗޯޕްޅާ ހިމެނެ އެވެ.

ދާދި ފަހުން ޝާހްރުކް ޚާންގެ އަންހެނުން ގޯރީ ޚާން ވެސް މުމްބާއީގައި ރެސްޓޯރަންޓެއް ހުޅުވާފައިވެ އެވެ.