ބޮލީވުޑްގެ ކާމިޔާބު ތަރި ޝާހްރުކް ޚާންއާއި އޭނާގެ އަންހެން ދަރިފުޅު ސުހާނާ ޚާން އެކުގައި ފެންނާނެ ކަމަށް ބެލެވުުނު ފިލްމް "ކިންގް"ގެ ޕްރޮޑަކްޝަން ލަސްވެ އެ ފިލްމު ކެންސަލްވެދާނެ ކަމުގެ ބިރު ހީވެއްޖެ އެވެ.

ސުޖޯއީ ގޯޝް ޑައިރެކްޓްކުރާ "ދަ ކިންގް" ފުރަތަމަ އިއުލާން ކުރެވުނީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ. އެ ފިލްމު ވާން އޮތީ ސުހާނާގެ އެންމެ ފުރަތަމަ ތިއޭޓާ ރިލީޒް ފިލްމަށެވެ.

އެހެން ނަމަވެސް އޭނާގެ ޑެބިއުޓް ފިލްމު ނެޓްފުލިކްސްގެ "އާޗީސް"އަށް ލިބުނު ފާޑުކިޔުންތަކާއެކު ސުހާނާ މިހާރު ބޭނުންވަނީ އޭނާގެ ބައްޕައާ ތަފާތު މަސައްކަތްތަކެއް ކުރަން ކަމަށް ބުނެވެ އެވެ.

ހީކުރެވުނު ގޮތާ ޚިލާފަށް ކިންގްއަކީ އެކްޝަން ތުރިލާ ފިލްމެކެވެ. ގިނަ މީހުން އުއްމީދުކުރީ ޝާހްރުކް ޚާންއާއި ސުހާނާގެ ފިލްމު ވާނީ އާއިލީ ފިލްމަކަށް ކަމަށެވެ.

މި ފިލްމުގެ އަމަލީ މަސައްކަތް ލަސްވެފައިވާ ވާއިރު އެ މަސައްކަތް އަލުން ފެށޭނެ ދުވަހެއް އަދި ނޭނގޭ ކަމަށް ހަބަރުތައް ބުނެ އެވެ.