ސައިރަންގެ އަޑަކީ އާއްމުކޮށް އިންޒާރުގެ ރަނގަބީލެކެވެ. އާއްމުންގެ ސަމާލުކަން ހޯދުމަށްޓަކައި ސަލާމަތީ ބާރުތަކުގެ އުޅަނދުތަކުގައި ބޭނުން ކުރެވޭ އަޑެކެވެ.

އެހެން ނަމަވެސް ހީވެސް ނުކުރާ ގޮތަކުން އެ އަޑު އިވުމަކީ ފުލުހުންގެ އިތުރުން އާއްމުން ވެސް ހައިރާން ކުރުވި ކަމެކެވެ. މިފަހަރު އެ އަޑު ގޮއްވީ ކާޅެކެވެ.

އެމެރިކާގެ އޮކްސްފޯޑްޝާރްގައި ހިނގި މި ހާދިސާގައި އެންމެ ފުރަތަމަ ފުލުހުން ހީކުރީ އެ އިދާރާގެ އުޅަނދުތަކުގައި މައްސަލައެއް ޖެހިގެން އުޅެނީ ކަމަށެވެ. އެހެން ނަމަވެސް ހޯދި ހޯދުމުން އެނގުނީ އެ އަޑު އަންނަނީ އެ އިދާރާގެ އިމާރާތުގެ ކައިރީގައި ހުރި ގަހަކުން ކަމެވެ.

https://www.youtube.com/watch?v=u0ACXNUjVrg

މިހާރު އިންޓަނެޓުގައި ދައުރުވަމުން އަންނަ ވީޑިއޯއެއްގައި ކާޅެއް "ޓޫ ޓޯން ސައިރަން" އެއްގެ އަޑު ލައްވާ މަންޒަރާއި އަޑުއިވެ އެވެ. ހައިރާން ވާންޖެހޭ ކަމަކީ ކާޅަކީ އާއްމުގޮތެއްގައި އެއް އަޑެއް ލައްވާ ދޫންޏެއް ކަމެވެ.

ފުލުހުން ބުނީ ކާޅުގެ ގޮވުން އަސްލާ ވަރަށް އެއްގޮތް ކަމަށާއި އެއީ އެސޮރު އެ ސަރަަހައްދުގައި ދިރިއުޅުމުގެ ސަބަބުން ދަސްވި ހުނަރެއް ކަމަށް ބެލެވޭ ކަމަށެވެ.