ރާއްޖެ އަށް އެތެރެކުރުން މަނާ ބޭހެއް ގެންގުޅުނު މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ށ. ކޮމަންޑޫ / ސާތީ، ޙުސައިން ޝާނިމު (24އ) އެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖަންސް ގުޅިގެން 2025 ޖުލައި 2 ވަނަ ދުވަހު މާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަނުގައި އޭނާ އާ ގުޅުންހުރި 3 ތަނެއް ބަލާ ފާސްކޮށްފައިވާ ކަމަށާއި، މި ތަންތަން ބަލައިފާސްކުރިއިރު 338.51 ގްރާމްގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްސާއި، ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ބޭހުގެ 32 ގުޅަ ފެނިފައިވާ ކަމަށެވެ.

ޝާނިމުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 5 ދުވަހުގެ މުއްދަތަށް ޕޮލިސް ކަސްޓޯޑިއަލްގައި ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށާއި، މި މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.