މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ބުލެޓުތަކެއް ދިރުވާލި މީހާ އަށް އަދިވެސް ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗް އަައިސީޔޫގައި ކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފި އެވެ.

ހަށިގަނޑުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ހުރި ބުލެޓްތަކެއް ފޮރުވައިގެން މަގުމަތީގައި އުޅެނިކޮށް އެމީހާ ހުއްޓުވީ މާލެ ތެރެ ޕެޓްރޯލް ކުރުމުގައި އުޅުނު ފުލުހުންތަކެކެވެ.

މިދިޔަ ހޯމަ ދުވަހު އެމީހާ ހުއްޓުވި އިރު، އޭނާގެ ހާލު ސީރިއަސްވެގެން އައިޖީއެމްއެޗްގައި ފަރުވާ ދޭން ފެށީ ވެސް އެ ދުވަހު އެވެ.

މި މީހާއާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ނުދޭ އިރު، އޭނާ ދިރުވާލީ ކިހާ އަދަދެއްގެ މަސްތުވާތަކެތި ކަމެއް ވެސް ފުލުހުން ނުބުނެ އެވެ.

އެ ދިވެހި ފިރިހެން މީހާ އަށް އައިޖީއެމްއެޗް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަން ފުލުހުން މިހާރު ވަނީ އާއިލާ އަށް ވެސް އަންގައިފަ އެވެ.

ފުލުހުން ބުނެފައި ވަނީ މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.