މިއަހަރުގެ ކުޑަކުދިންގެ ދުވަހާ ދިމާކޮށް، ޓްރީޓޮޕް ހޮސްޕިޓަލުން ކުޑަކުދިންގެ ހަވީރެއް ކާމިޔާބުކަމާއެކު ބާއްވައިފި އެވެ.

މިދިޔަ ހުކުރު ދުވަހުގެ ހަވީރު 4:00 އިން ހަވީރު 6:00 އަށް ހުޅުމާލެ، ރުއްގަނޑު 2 ސަރަހައްދުގައި ކުރިޔަށްދިޔަ މި ކުޑަކުދިންގެ ހަވީރުގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އާއިލާތައް ބައިވެރިވި ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

ކުޑަކުދިންގެ ހަވީރުގައި ކުރިޔަށްގެންދިޔަ ހަރަކާތްތައް:

  • ކުޑަކުދިންނަށް ހާއްސަ ސިއްޙީ ހޭލުންތެރިކަމުގެ މަޢުލޫމާތު ފޯރުކޮށްދިނުން
  • ކުޑަކުދިންނަށް ހާއްސަ ބޭސިކް މެޑިކަލް ޗެކްއަޕް (ބީއެމްއައި ބެލުން، ދަތްތައް ޗެކްކުރުން އަދި ހަށިގަނޑުގެ ވައިޓަލްސް ބެލުން)
  • ކުޑަކުދިންނަށް ހާއްސަ ކުޅިވަރުތައް

މީގެ އިތުރުން މި އިވެންޓުގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ބޭއްވުނު ގުރުއަތުލުމަކުން ހޮވުނު 3 ފަރާތެއްގެ ތެރެއިން 1 ވަނަ އަށް ހޮވުނު ފަރާތަށް ޓްރީޓޮޕް ހޮސްޕިޓަލުގެ ކުޑަކުދިންގެ ސްކްރީނިންގް ޕެކޭޖް "ވެލް ޗައިލްޑް ޕެކް" ހިލޭ ދީފައިވެ އެވެ. އަދި 2 ވަނަ އަށް ހޮވުނު ފަރާތަށް ޓްރީޓޮޕް ހޮސްޕިޓަލުގެ ކުޑަކުދިންގެ ސްކްރީނިންގް ޕެކޭޖް "ވެލް ޗައިލްޑް ޕެކް" އިން %25 ޑިސްކައުންޓް ދޭން ނިންމާފައިވެ އެވެ. މީގެ އިތުރުން 3 ވަނަ އަށް ހޮވުނު ފަރާތަށް ޓްރީޓޮޕް ހޮސްޕިޓަލުގެ ކުޑަކުދިންގެ ސްކްރީނިންގް ޕެކޭޖް "ވެލް ޗައިލްޑް ޕެކް" އިން %15 ޑިސްކައުންޓް ދޭން ނިންމާފައިވެ އެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން މުޖުތަމައުގެ ސިއްހީ ދުޅަހެޔޮކަމާއިމެދު ހޭލުންތެރިކަން އިތުރުކުރުމަށް ބާއްވާ މިފަދަ ހަރަކާތްތަކަށް އާންމުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބެމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.