ގިނަ ދުވަސްތަކެއް ފަހު ލަވައިގެ ތެރެއިން މީރާ މުހައްމަދު މާޖިދާއި ޔާމީން ރަޝީދު އެކުގައި ފެނިއްޖެ އެވެ.
މިފަހަރު މި ދެ ފަންނާނު ފެނިގެން ދިޔައީ މީރާ އޭނާގެ އަމިއްލަ އިންސްޓަގްރާމް އެކައުންޓް ގެނެސްދިން ލައިވެއްގަ އެވެ.
މި ލަވަތަކުގެ ތެރެއިން މީރާ އާއި ޔާމީން ވަނީ އެމީހުން މީގެ ކުރިން ކިޔާފައިވާ ލަވަތަކެއް އަލުން ކިޔާފަ އެވެ. މިލަވަތަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ލިބިގެން ދިޔަ ލަވަތަކެކެވެ.
"ތީ، ތީއެ މަގޭ އެންމެ އެދޭ، ހިތުގަ މިވާ ސޫރަ ތިއޭ،" އޭ ކިޔާފައި މީރާ އާއި ޔާމީން ކަވާ ސޯންގްތަކެއް ރިކޯޑްކޮށް އާންމުކުރަމުންދިޔައިރު ގިނަ ބަޔަކު ދިޔައީ ލަވަތަކުގެ ޖާދޫގައި ޖެހެމުންނެވެ.
ކޮންމެއަކަސް މީރާ އާއި ޔާމީންގެ ލޯބީގެ ސިލްސިލާ ނިމުމަކަށް އައިގޮތަށް ދެ މީހުންގެ ޑުއެޓް ޕާފޯމެންސްތަކަށް ވެސް ނިމުން އަ އެވެ.
ދުވަސްތަކަށް ފަހު މީރާ އާއި ޔާމީން ލަވަތަކަކާއެކު އެބުރި އައުމާ މެދުގައި ދެމީހުން ވެސް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.
މީރާ އާއި ޔާމީން އެކުގައި ލަވަ ކިޔާފައި މިވަނީ އެމީހުންގެ ލަވައެއް އާންމުނުކުރާތާ ގިނަ ދުވަސްތަކަށް ފަހު އެވެ.
މި ލަވަކިޔުންތެރިން ކުރިން ކަވާކޮށްފައި ވަނީ "ޔާރު މި ވަނީ ލޯތްބޭ ހަގީގީ" އާއި "ތީ ތީއެ މަގޭ" މި ލަވަ އެވެ. މި ދެ ލަވަ އަށް އެހުންތެރިންގެ މެދުގައި ނިކަން ބޮޑު މަގްބޫލުކަމެއް ލިބިގެންދިޔަ އެވެ