ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އޮރެންޖް އެލާޓް އަނެއްކާ ވެސް ނެރެފި އެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން މިއަދު ހެނދުނު 8:00 އިން ފެށިގެން މިރޭ 7:00 އާ ހަމަޔަށް ހަތަރު ފަހަރު އޮރެންޖް އެލާޓް ނެރެފައިވެ އެވެ.

އެ އިދާރާއިން ވަނީ މިރޭ 7:15 ން ރޭގަނޑު 11:15ށް ހއ. އަތޮޅުން ވ. އަތޮޅަށް އޮރެންޖް އެލާޓް ނެރެފަ އެވެ.

ވާރޭ ވެހިފައި ފެންބޮޑުވެފައިވާ މަގަމުން ބަޔަކު ދަނީ. މި ދުވަސްވަރު މުޅި ރާއްޖަށް ވެސް މޫސުން ގޯސް. ފޮޓޯ | ހުރިހާ

މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކުރާ ގޮތުގައި ގަދަވަޔާއެކު ބޯކޮށް ވާރޭވެހި ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާ ކުރެވެ އެވެ. އަދި ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 20 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 55 މޭލާއި 60 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން ބުނެ އެވެ.

އާންމު ގޮތެއްގައި ވިލާގަނޑުގައި ވަރަށް ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިނުގައި 7 ނުވަތަ 10 ފޫޓު ހުންނާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކުރެ އެވެ.

އެ އިދާރާއިން ބުނީ ބޯކޮށް ވާރޭވެހި، ވައިގަދަވެ އަދި ކަނޑުތައް ވަރަށް ގަދަވެ އުދައަރާނެ ކަމަށް ލަފާކުރެވޭތީވެ ހުރިހާ ފަރާތްތަކުން، ޚާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވާންޖެހޭ ކަމަށެވެ.