ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ސިއްހަތަށް ގެއްލުންހުރި ކަމެއްކަން އެންމެންނަށް ވެސް އެނގެ އެވެ. އެހެން ނަމަވެސް އެއިން ލިބޭ ދިގު މުއްދަތުގެ ގެއްލުންތަކާ މެދު ވިސްނާ މީހުން ވަރަށް މަދެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ކެންސަރާއި ފުއްޕާމޭގެ ބަލިތަކުގެ އިތުރުން ހިތުގެ ބަލިތަކާއި ސްޓްރޯކަށް މީހާ ހުށަހަޅަ އެވެ.
ފުއްޕާމޭގެ ކެންސަރު ބަލީގައި ކޮންމެ އަހަރަކު މަރުވާ މީހުންގެ 80 ޕަސެންޓް މީހުންނަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.
ހަމައެއާއެކު ބޯ ކޮންމެ ސިނގިރޭޓަކީ މީހާގެ އުމުރުން 20 މިނެޓް އުނިކޮށްލާ އެއްޗަކަށްވާއިރު ދިގު މުއްދަތަށް ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މީހާގެ އުމުރު ވެސް ކުރުވާ ކަމެކެވެ.
އެހެން ކަމުން ދުންފަތުން ލިބޭ ދާއިމީ ގެއްލުންތައް ދެނެގަނެ މާ ލަސްނުވަނީސް އެ ކަމުން ދުރުވުމަކީ ވަރަށް ވެސް މުހިއްމު ކަމެކެވެ.
އެތައް ބަޔަކަށް ލަނޑުދިން އަންމަޓީގެ މައްސަލަ ސާބިތު ނުވި
އިސްކޮޅުގެ ސަބަބުން ހަކުރު ބަލީގެ ފުރުސަތު ބޮޑު ވޭތަ؟
"ލިސްޓަރިން"އިން ކުރެވޭ މުޅިން ތަފާތު ބޭނުންތަކެއް!