ހުޅުމާލޭގައި ކާރަކާއި ސައިކަލެއް ޖެހި އަންހެނަކަށް މިއަދު އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ ހުޅުމާލެ ރީތި ގަސް މަގު، ކަރެކްޝަނަލް ސާވިސް ކައިރިން ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ ހަވީރު 16:40 ހާއިރު ކަމަށެވެ.
މި އެކްސިޑެންޓުގައި އަނިޔާވި މީހާ އަށް ޓްރީ ޓޮޕް ހޮސްޕިޓަލްގައި މިހާރު ދަނީ ފަރުވާ ހޯދަމުންނެވެ. ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ އުމުރުން 35 އަހަރުގެ ދިވެހި އަންހެނެކެވެ.
މި އެކްސިޑެންޓުގައި ސައިކަލަށާއި ކާރަށް އެކިވަރުގެ ގެއްލުން ލިބިފައިވެ އެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓުގައި ކާރު ދުއްވި މީހާ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް ކަމަށެވެ. ނަމަވެސް ސައިކަލް ދުއްވި އަންހެން މިހާ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މިހާރު ގެންދަނީ މި އެކްސިޑެންޓު ތަހުގީގު ކުރަމުންނެވެ.
މާލޭގެ މަގުމަތީގައި ގޮދަޑިއެއް ބެހެއްޓި މީހަކު ހޯދަނީ
މޯލްޑިވްސް 2.0 ގެ ތެރެއިން އީ-ވޯޓިން ނިޒާމެއް ނުގެންނާނެ: ރައީސް