ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އިންސާނާގެ ޖިންސީ ބާރު ދަށް ކުރުވާ ކަމެއް ކަމަށް ދާދި ފަހުން ހެދި ދިރާސާއަކުން ސާބިތުވެއްޖެ އެވެ.
އެ ދިރާސާގައި ބުނެފައިވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ހާއްސަކޮށް ފިރިހެނުންގެ ޖިންސީ އެދުންވެރިކަން ދަށްކޮށްދޭ ކަމެއް ކަމަށެވެ. އެގޮތުން އާއްމުކޮށް ދުންފަތުގެ އިސްތިއުމާލު ކުރާނަމަ އުމުރުން ދުވަސްވާ ވަރަކަށް ޖިންސީ އެދުންވެރިކަމާއި ބާރު ދަށަށް ދާނެ ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.
އެކަން އެގޮތަށް މެދުވެރިވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ޖިންސީ ގުނަވަނަށް ދައުރުވާންވާ ލޭ ދައުރު ވުމުގައި ހުރަސްތަކެއް އެޅޭތީ ކަމަށް ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.
ފިރިހެނުންގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އަންހެނުންނަށް ވެސް ޖިންސީ ގޮތުން ގެއްލުންތަކެއް ލިބި ބަލިތަކަށް ހުށައެޅޭ ކަމެއް ކަމަށް މާހިރުން ބުނެ އެވެ.
ރަންވީރުގެ ކުރިން ބޮލީވުޑްގެ ބޮޑެތި ފިލްމުތަކުން ވަކިވި ތަރިން!
ކޭވްގައި ދެ މައިންގެ މަރުވީ އޮކްސިޖަން ނުލިބިގެން
މާ އަވަހަށް ބަރުދަން ލުއިވުމުގެ ނުރައްކާ ވަރަށް ބޮޑު!