އަލުއްވަކީ ގިނަ ބައެއްގެ ކެއުމުގައި ވަރަށް ގިނައިން ބޭނުން ކުރާ އަނގަޔަށް މީރު ބާވަތެކެވެ. ބައެއް މީހުންނަށް ހީވެފައި އޮންނަނީ އަލުއްވަކީ ހަމައެކަނި ކޮށާލައިގެން ރިހަ ކައްކައިގެން ކާ އެއްޗެއް ކަމަށެވެ. ނުވަތަ ފްރައިސް ހަދައިގެން ކެއުމަށެވެ. އެކަމަކު ނޭނގި އޮތް ކަމަކީ އެއިން ރީތިކަމާއި ބުރުސޫރައަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނުވާ ކަމެވެ.
އަލުވިން ލިބޭ ބައެއް ފައިދާތައް ތިރީގައި ކުރުގޮތަކަށް ހިމަނާލާނަމެވެ.
ލޮލަށް ފިނިކަން ލިއްބައިދޭ
ލޯމަތީގައި ކިއުކަމުބާ އެޅުމުން ލޮލަށް އަރާމު ލިބޭކަން އެންމެންނަށް ވެސް އެނގެ އެވެ. އަލުވި ކޮޅެއް ތުނިކޮށް ކޮށާލުމަށްފަހު ލޮލުގައި އެޅުމަކީ ވެސް ހަމަ އެ އިހުސާސް ގެނުވާ ކަމެެކެވެ.
ނުރަ ފިލުވައިދޭ
ފެން ތެއްޔަކަށް އަލުވި ކޮށުމަށްފަހު އުނދުނުގައި ބަހައްޓައިގެން ރަނގަޅަށް ކެކެންދެން މަޑުކޮށްލާށެވެ. އެއަށްފަހު އަލުވިކޮޅު ފުރާނައި އެ ފެން ފޮދުން ރަނގަޅަށް އިސްތަށިގަނޑު ދޮވެލާށެވެ. އޭރުން ނުރަ ފިލާނެ އެވެ.
ބިހިތައް ފިލުވައިދޭ
މޫނުމަތީގައި ނަގާފައި ހުންނަ ރަތް ބިއްސަކީ ފިލުވާލަން އުނދަގޫ ބިހިތަކެކެވެ. އަލުވި ފެން އެ ބިހިތަކުގައި ހޭކުމަކީ ބިހިތައް ފިލުވައި އޭގެ ލަކުނު ވެސް ފޮރުވާ ކަމެކެވެ.
މިއީ ވެސް އަލުވިން ލިބޭ ބައެއް ފައިދާތަކެވެ. މިކަން އަޖުމަބަލާލުން ކިހިނެތްވާނެ ހެއްޔެވެ؟