ކަސްރަތު ކުރަން ދާ ގަޑި ޖެހުމުން ދާނީތޯ ނުދާނީތޯ ހިތާހިތުން ސުވާލު ކޮށްކޮށް އިނދެވޭ ފަހަރު އާދެ އެވެ. އެހެން ކަމަށްވާނަމަ ކަސްރަތު ކުރަން އަމިއްލަ ނަފްސަށް ހިތްވަރު ދިނުން މުހިއްމެވެ.

ވިސްނުން ބަދަލުކޮށްލާ!

ގިނަފަހަރަށް ކަސްރަތު ކުރުމުން ދުރުވެވެނީ އެކަމުން މާބޮޑު ނަތީޖާއެއް ނުފެންނަ ކަމަށް ގަބޫލު ކުރެވިގެންނެވެ. އެހެން ނަމަވެސް ވިސްނަންޖެހޭ ކަމަކީ އެއީ އެއްދުވަހުން ދެ ދުވަހުން ލިބޭނެ ނަތީޖާއެއް ނޫންކަމާއި އެކަމަށް ވަގުތުު ނަގާނެ ކަމެވެ.

ކާމިޔާބީތައް ވަޒަންކުރޭ!

ކަސްރަތު ކުރުމުން ލިބިފައިވާ ކުދި ކާމިޔާބީތައް މިނެ ވަޒަން ކުރާށެވެ. އެކަމުން ކަސްރަތާމެދު ދެކޭ ގޮތް ބަދަލުވެ ވިސްނުން ރަނގަޅުވާނެ އެވެ.

މުސްތަގްބަލު ހިޔާލުކޮށްލާ!

އަޒުމުގައި ދެމިހުރެ ލަނޑުދަނޑި ކާމިޔާބު ކޮށްފިނަމަ ތިމާގެ މުސްތަގުބަލު އޮންނާނެ ގޮތް ހިޔާލަށް ގެންނާށެވެ. އެކަމުން ވެސް އަމިއްލަ ނަފްސަށް ހިތްވަރު ލިބޭނެ އެވެ.