އަޟްހާ އީދު ބަންދުގައި މާލެ އަންނަ މީހުންނަށް ހާއްސަކޮށް ހާއްސަކޮށް މޯލްޑިވިއަން އެއާލައިނުން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މޯލްޑިވިއަނުން ބުނީ ހާއްސަ ރޭޓުތަކުގައި މޯލްޑިވިއަން ދަތުރުކުރާ ގިނަ މަންޒިލްތަކަކަށް ޓިކެޓު ލިބޭނެ ކަމަށެވެ. މި ހާއްސަ އަގުތައް ކަނޑައެޅީ އާންމުންނަށް ވީހާވެސް ފަސޭހަކަމާ އެކު، ހެޔޮ އަގެއްގައި ދަތުރު ކުރެވޭނެ ގޮތް ހެދުމަށް މޯލްޑިވިއަނުން ބުންޏެވެ.

މޯލްޑިވިއަނުން ބުނި ގޮތުގައި އާއިލާ އާއި ރަހްމަތްތެރިންނާ އެކު އީދު ފާހަގަ ކުރަން ބޭނުން ނަމަ ނުވަތަ ބޭސްފަރުވާ އަށް މާލެ އަންނަން ބޭނުންވާ މީހުންނަށް ނުވަތަ އެހެން ބޭނުމެއްގައި މާލެ އަންނަން ބޭނުންވާ މީހުންނަށް ހެޔޮ އަގުގައި ދަތުރު ކުރެވޭނެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މާދަމާގެ ނިޔަލަށް މާލެ އަށް އަންނަ މީހުންނާއި މި މަހުގެ 17 އިން 24 ގެ ނިޔަލަށް މާލެއިން ރިޓާން ދަތުރު ކުރާ މީހުންނަށް ހާއްސަ ފެއާ ރޭޓުގައި ޓިކެޓު ލިބޭނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

ފެއާ ރޭޓުތަކުގެ އަގު އުޅެނީ 749ރ. އިން ފެށިގެން 1،133ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ.

މި ރޭޓުތަކަށް ބަލާ އިރު، އެންމެ ކުޑަ އަގެއްގައި ދަތުރު ކުރެވޭނީ ބ. ދަރަވަންދު އިން މާލެއަށެވެ. އެ ރަށުން މާލެ އަށް 749ރ. އަށް ދަތުރުކޮށްލެވޭނެ އެވެ. އަދި ގދ. ކާޑެއްދޫ އިން މާލެ އަށް 1،333ރ. އަށް ދަތުރު ކުރެވޭނެ އެވެ.

މޯލްޑިވިއަނުން ދަތުރު ކުރާ އެހެން މަންޒިލްތަކަށް ބަލާއިރު، ފުވައްމުލައް ސިޓީން މާލެ އަށް 1،155ރ. ދަތުރުކޮށްލެވޭ އިރު، އައްޑޫ ސިޓީ ގަމުން މާލެ އަށް 1،222ރ. އަދި ގދ. ފަރެސްމާތޮޑާ އިން މާލެ އަށް 1،133ރ. އަށް ދަތުރު ކުރެވޭނެ އެވެ.

މީގެއިތުރުން އެހެން މަންޒިލްތަކަށް ބަލާއިރު:ގއ. ކޫއްޑޫން - މާލެ - 1111ރ.ނ. މާފަރުން-މާލެ - 999ރ.ނ. މަޑިވަރުން-މާލެ - 949ރ.ލ. ކައްދޫން-މާލެ - 1055ރ.ހދ. ހަނިމާދޫން - މާލެ - 1111ރ.ތ. ތިމަރަފުށިން - މާލެ - 1111ރ.ށ. ފުނަދޫން - މާލެ - 1055ރ.ގދ. މާވަރުލުން - މާލެ - 1133ރ.ރ؛ އިފުރުން - މާލެ - 999ރ.

މި ފެއާ ރޭޓުތައް ލިމިޓެޑްކޮށް ލިބޭތީ ވީހާ ވެސް އަވަހަށް ޓިކެޓް ބުކިން ހަމަޖެއްސުމަށް މޯލްޑިވިއަން އިން އެދެ އެވެ.