ދުނިޔޭގެ މަޝްހޫރު ފުޑް ޗެއިންއެއް ކަމަށްވާ ބާގާ ކިންގްއިން ދެމަފިރިއެއްގެ ކައިވެނީގެ ހުރިހާ ހަރަދުތަކެއް ކޮށްފާނެ ކަމަށް ބުނުމުން ފަހަރެއްގައި ގަބޫލު ކުރަން އުނދަގޫވެދާނެ އެވެ.
އެހެން ނަމަވެސް އެމެރިކާގެ އިލިއޮނިސްއަށް ނިސްބަތްވާ މި ދެމަފިރިންގެ ކައިވެނި އޮތީ ބާގާ ކިންގްގެ ހަރަދުގަ އެވެ. ސަބަބަކަށް ވީ އެމީހުންގެ ނަމެވެ.
ޖޮއެލް ބާގާ އާއި އޭޝްލީ ކިންގް 2015 ވަނަ އަހަރު ކުރި އެ ކައިވެންޏަކީ ބާގާ ކިންގުއިިން އެފަދަ ގޮތަކަށް ހަރަދުކުރި ފުރަތަމަ ކައިވެންޏެވެ.
މީގެ އިތުރުން ވެސް އެ ރެސްޓޯރެންޓުން ވަނީ އެ ދެމަފިރިންނަށް އެތަނުގެ ގިފްޓް ކާޑުތަކާއި މީލް ވައުޗާތައް ވެސް ހަދިޔާ ކޮށްފަ އެވެ.
ޖޮއެލްއާއި އޭޝްލީގެ ކައިވެނި ވެގެން ދިޔައީ އެ ދުވަސްވަރު އެމެރިކާގެ މީޑިއާއާއި ސޯޝަލް މީޑިއާގައި ވެސް އެންމެ ގަދައަށް ދެކެވުނު އެއް ވާހަކައަށެވެ.
30ގެ އަހަރުތަކުގައި ކަކުލުގެ ރިހުމަށް މެދުވެރިވާ ސަބަބު!
ލާފައި ހުރި "ބޮޑު ބަނޑުން" ސިއްހަތާ ބެހޭ އެތައް ވާހަކައެއް!
ޔާމީން ގޭގައި ހުންނެވުމަކީ ގައުމު ލަދުވެތިވާންޖެހޭ ކަމެއް: ފަލާހު