ގދ. ފިޔޯރީން އަށް އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފުލުހުން ބުނިގޮތުގައި ގެއްލިގެން ހޯދަނީ ގދ. ފިޔޯރީ، ފިނިވިލާގެ، މަރިޔަމް މީނާލް މުހައްމަދެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިރޭ 7:08 ހާއިރުކަމަށެވެ. އަދި އެ ކުއްޖާ އެންމެ ފަހުން ފެނިފައިވަނީ ހަވީރު 5:00 ހާއިރު ގެއިން ކަމަށް އައިލާއާ ހަވާލާދީ ފުލުހުން ބުންޏެވެ.
މީނާލް ހޯދުމުގެ މަސައްކަތް ފިޔޯރީ ރައްޔިތުންނާއި ގުޅިގެން ކުރަމުން ފުލުހުން އަންނަނީ ކުރަމުންނެވެ.
އެ ކުއްޖާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ، ކުއްޖާގެ ބައްޕަ މުހައްމަދު ރަޝީދު، 7574670 އަށް ގުޅުމަށް އާއިލާއިން ވަނީ އެދިފަ އެވެ.
ގޭތެރޭގެ އިންޓީރިއާ: ޝަހުސިއްޔަތު ދައްކައިދޭ ލޯގަނޑެއް!
"އެމްޑީޕީއަށްވުރެ މުއިއްޒު ރަނގަޅޭ ވިދާޅުވީ ސަނާ ކިޔާކަށް ނޫން"
ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ އިނާމު ދީފި
