މިފަހުން ކުރިއަށް ދިޔަ އަމްބާނީ އާއިލާގެ ހަފްލާގައި ކާން ލިބުނީ ވެސް "ރަން" ކަމަށް ބުނެ ބޮލީވުޑްގެ އެކްޓްރެސް ސާރާ އަލީ ޚާން ޖޯކު ޖަހައިފި އެވެ.

މީޑިއާއަށް ދިން އިންޓަވިއުއެއްގައި ޖަމްނާގަރްގައި އޮތް އާނަންތު އަމްބާނީއާއި ރަދިކާ މާޗަންތުގެ ޕްރީ ވެޑިން ހަފްލާ ސިފަކޮށްދެމުން ސާރާ ބުނީ ހަފްލާގެ މެހެމާނުން ރޮށްޓާއެކު ކެއީ ވެސް ރަން ކަމަށެވެ.

ސާރާ ބުނި ބަހުގެ އަސްލު ހަގީގަތަކީ އެ ހަފްލާގައި ރަނާއި މުތީގެ އެއްޗެހި ގިނަ އަދަދަކަށް ބޭނުން ކޮށްފައިވާ ކަމެވެ. ހަފްލާގެ ޖަރީއިން ފެށިގެން އަމްބާނީ އާއިލާގެ މެމްބަރުން ލީ ހެދުމެވެ.

ސާރާ އިތުރަށް ބުނީ އަމްބާނީ އާއިލާއަކީ ވަރަށް ހިތްތިރި މެހެމާންދާރީ އަދާކުރާ އާއިލާއެއް ކަމަށާއި އެ ހަފްލާއަކީ ވަރަށް އުފާވެރި ހަފްލާއެއް ކަމަށެވެ.

ސާރާއަކީ އަމްބާނީގެ އެ ހަފްލާއަށް ދައުވަތު އެރުވުނު ބޮލީވުޑްގެ ގިނަ ތަރިންތަކުގެ ތެރެއިން އެކެކެވެ. ސާރާގެ އިތުރުން ވެސް ބޮލީވުޑްގެ ޝަހްސިއްޔަތުން އެ ހަފްލާއިން ފެނިފައިވެ އެވެ.

އޭޝިއާގެ އެންމެ މުއްސަނދި މަހުޖަނު ކަމަށްވާ ރިލައަންސް ކުންފުނީގެ ބާނީ މުކޭޝް އަމްބާނީގެ ދަރިފުޅު އާނަންތުގެ ކައިވެންޏަށް އެ އާއިލާއިން އަންނަނީ ބޮޑެތި އަދަދުތަކުން ހަރަދު ކުރަމުންނެވެ.