ދިރިއުޅުމުގައި މައިން ގެންގުޅޭ އާދަތަކުގެ ސަބަބުން ދަރިންގެ ސިއްހަތަށް ނޭދެވޭ އަސަރުުކުރާ ކަމަށް ދެކެވޭ ވާހަކައަކީ އާއްމު ވާހަކަ އެކެވެ.
އެއާހިލާފަށް ބަފައިންގެ އާދަތަކުގެ ސަބަބުން ދަރިންނަށް ކުރާ އަސަރުތަކުގެ ވާހަކަ ނުދެކެވުނަސް އެއީ ވެސް ހަގީގަތެއް ކަމަށް ސައިންސްގެ ހޯދުންތަކުން ވަނީ އެނގިފަ އެވެ.
އެގޮތުން ކެއުމުގައި ގިނަ އަދަދަކަށް ކާބޮހައިޑްރޭޓްސް ހިމަނައި ޕްރޮޓީންސް މަދުން ބޭނުންކުރާ ބަަފައިންގެ ދަރިން އެންޒައިޓީއަށް ހުށައެޅުމުގެ ފުރުސަތު ބޮޑު ކަމަށް މާހިރުން ބުނެ އެވެ.
މިކަމުގެ ފަހަތުގައިވާ ސައިންޓިފިކް ހަގީގަތަކީ ބައްޕަގެ ދިރިއުޅުމުގެ އާދަތަކުގެ ސަބަބުން ދަރިފަނީގެ ސިއްހަތަށް ނޭދެވޭ އަސަރު ކުރުމެވެ.
ނަތީޖާއަކަށް ވަނީ އަލަށް އުފަންވާ ކުދިންގެ ޖިސްމާނީ އަދި ނަފްސާނީ ސިއްހަތަށް އެކަމުގެ ނުސީދާ އަސަރުކުރުން ކަމުގައި ޑޮކްޓަރުން ވިދާޅުވެ އެވެ.
އެހެން ކަމުން އާއިލާއެއް ރާވަން ވިސްނާނަމަ އަންހެނުންނެކޭ އެއްފަދައިން ފިރިހެނުންވެސް ދިރިއުޅުމުގައި ރަނގަޅު އާދަތައް ގެންގުޅެން ސަމާލުކަން ދޭންޖެހެ އެވެ.