ހައްޖުގެ އަޅުކަން އަދާކުރުމަށް މިއަހަރު ރާއްޖެއިން ހައްޖުވެރިންގެ ދެވަނަ ގްރޫޕް ރާއްޖެ އަތުވެއްޖެ އެވެ.

ޙައްޖުވެރިންގެ ދެވަނަ ގްރޫޕް ދަތުރުކުރި ފްލައިޓް ރާއްޖެ އައީ މިއަދު މެންދުރު 3:30 ހާއިރު އެވެ. މި ފްލައިޓުން 352 ހައްޖުވެރިން ރާއްޖެ އައިސްފައިވެ އެވެ.

ރާއްޖެއިން މިއަހަރު ޙައްޖަށް ދިޔަ މީހުން އެނބުރި އައުމަށް ހަމަޖެހިފައިވަނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. ފުރަތަމަ ގްރޫޕްގެ ހައްޖުވެރިން އައީ މިމަހުގެ 24 ވަނަ ދުވަހު އެވެ. ދުވަހު296 މީހަކު އައިސްފައިވެ އެވެ.

ހައްޖުވެރިންގެ ފަހު ދެ ގްރޫޕް ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 1 ވަނަ ދުވަހާއި 4 ވަނަ ދުވަހު އެވެ.

މިއަހަރު ރާއްޖެއިން ހައްޖުގެ އަޅުކަން އަދާކުރުމަށް 1،150 މީހަކު ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މައްކާއަށް ގޮސްފަ އެވެ. އޭގެ ތެރެއިން 1،149 މީހަކު ހައްޖުގެ އަޅުކަން ވަނީ އަދާކޮށްފަ އެވެ.