ހަކުރު، ކިޑްނީ، އަދި ހިތުގެ ބަލިތަކަށް ހާއްސަ ބޭސްތަކާ މެދު ރާއްޖޭގެ ޑޮކްޓަރުންނާއި ނަރުހުންގެ ހޭލުންތެރިކަން އިތުރު ކުރުމަށް އެސްޓީއޯ މެޑިކަލް ސާވިސަސް އިން ހާއްސަ ކޮންފަރެންސެއް ބާއްވައިފި އެވެ.

އެސްޓީއޯ އިން ބުނީ މި ކޮންފަރެންސްގެ މައިގަނޑު މަގްސަދަކީ އެސްޓީއޯ އިން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެއަށް ތައާރަފް ކުރި އެސްޓްރާޒެނެކާ ބްރޭންޑްގެ ބޭސްތަކުގެ ތެރެއިން ހަކުރުބަލީގެ ދެވަނަ ސްޓޭޖްގެ ބަލިމީހުންނަށް ފަރުވާކުރުމަށް ހާއްސަ ބޭސްތަކުގެ ތެރެއިން އެއްބޭހަކީ ލޭގައި ހިމެނޭ ގުލޫކޯޒް ލެވެލް ކޮންޓްރޯލް ކުރުމަށް މުހިއްމު ރޯލެއް އަދާކުރާ ބޭހެއްކަމުގައި ޔޫއެސްގެ އެފްޑީއޭ އިން ނިންމުމުން މިއާއި ގުޅޭ މުހިއްމު މައުލޫމާތު ރާއްޖޭގެ ސިއްހީ ދާއިރާގެ މަސައްކަތްތެރިންނަށް ފޯރުކޮށްދިނުން ކަމަށެވެ.

ހަކުރު، ކިޑްނީ، އަދި ހިތުގެ ބަލިތަކަށް ހާއްސަ ބޭސް ތަކާއިމެދު ރާއްޖޭގެ ޑޮކްޓަރުންނާއި ނަރުހުން ގެ ހޭލުންތެރިކަން އިތުރު ކުރުމަށް އެސްޓީއޯ މެޑިކަލް ސާވިސަސް އިން ބޭއްވި ކޮންފަރެންސްގެ ތެރެއިން..

މި ކޮންފަރެންސްގައި 100 އަށް ބުރެ ގިނަ ސިއްހީ ދާއިރާގެ މަސައްކަތްތެރިން ބައިވެރިވި ކަމަށް އެސްޓީއޯއިން ބުނެ އެވެ. މި ކޮންފަރެންސްގައި ރާއްޖޭގެ ފުންނާބު އުސް ޑޮކްޓަރުން ކަމުގައިވާ ޑރ. މުހައްމަދު ސިރުހާން، ޑރ. އިބްރާހިމް ޝިހާމް، އަދި ޑރ. ޝަނީޒް ނަޖްމީ ވަނީ ހަކުރު، ކިޑްނީ، އަދި ހިތުގެ ބަލިތަކާއި ބެހޭ މުހިއްމު މައުލޫތު ހިއްސާ ކުރައްވާފައިވާ ކަމަށްވެސް އެކުންފުނިން ހާމަކުރެ އެވެ.

ހަކުރު، ކިޑްނީ، އަދި ހިތުގެ ބަލިތަކަށް ހާއްސަ ބޭސް ތަކާއިމެދު ރާއްޖޭގެ ޑޮކްޓަރުންނާއި ނަރުހުން ގެ ހޭލުންތެރިކަން އިތުރު ކުރުމަށް އެސްޓީއޯ މެޑިކަލް ސާވިސަސް އިން ބޭއްވި ކޮންފަރެންސްގެ ތެރެއިން..

އެސްޓީއޯ މެޑިކަލް ސާވިސަސް އަކީ އަބަދުވެސް ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް ދާއިރާއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކޮށްދީ ދާއިރާ ކުރިއެރުވުމަށް ގިނަގިނަ މަސައްކަތްތަކެއް ކުރަމުންއަންނަ ކުންފުންޏެކެވެ.

އެސްޓީއޯ މެޑިކަލް ސާވިސަސްގެ މައިގަނޑު މަގުސަދަކީ ދިވެހި ރައްޔިތުންނަށް ފެންވަރު ރަނަގަޅު ބޭހާއި ވަސީލަތްތައް ފޯރު ކޮށްދީ ސިއްހީދާއިރާގެ ފެންފަރު އިތުރައް ކުރިއެރުވުމެވެ.