"ކުއީން އޮފް ޕޮޕް"ގެ ނަމުން މަޝްހޫރުވެފައިވާ މެޑޯނާގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގެ ވާހަކަ ހޮލީވުޑްގައި ދެކެވޭތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރިލީޒް ކުރަން ހަމަޖެހިފައި އޮތް އެ ފިލްމު ވަކި ސަބަބެއް ނެތި ފަސް ކުރެވުނުއިރު އަލުން ފިލްމު ރިލީޒް ކުރާނެ ތާރީހެއް އިއުލާން ކޮށްފައެއް ނުވެ އެވެ.

އެހެން ނަމަވެސް އެންމެ ފަހުން މެޑޯނާ އާއްމުކުރި ސޯޝަލް މީޑިއާ ޕޯސްޓުގައި އެ ފިލްމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމުގެ އިޝާރާތެއް ވަނީ ދީފަ އެވެ.

https://www.instagram.com/madonna/?utm_source=ig_embed&ig_rid=cbfa7d86-e043-41e8-ada8-7379ae7e391e

އިންސްޓަގްރާމް މެދުވެރިކޮށް ކުރި އެ ޕޯސްޓުގައި މެޑޯނާ ޓައިޕްރައިޓަރެއް ކައިރީގައި އިށީންދެގެން އިންނަ މަންޒަރު ފެންނައިރު އެ މޭޒުގައި ވަރަށް ގިނަ ސްކްރިޕްޓްތަކެއް ހުރެ އެވެ.

އެއާއެކު އޭނާ ބުނެފައިވަނީ މިކަމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި އެހެން ކަމުން ވަގުތުވެސް ބޭނުންވާ ކަމަށެވެ.

80ގެ ކުރީކޮޅު މިއުޒިކްގެ ދާއިރާއާ ގުޅުނު ހިސާބުން ފެށިގެންވެސް މެޑޯނާގެ ހަޔާތުގައި ގިނަ ކަންތައްތަކެއް ހިނގާފައިވާއިރު މި ފިލްމުން އޭނާގެ ހަޔާތުގެ މުހިއްމު އުސްއަލިތައް ފެންނާނެ އެވެ.