ޖަރުމަނުގައި މިހާރު ކުރިއަށްދާ ޓޭލާ ސްވިފްޓްގެ "އީރާސް ޓުއާ"ގެ ތެރެއިން އޭނާއަށާއި އޭނާގެ ލޯބިވެރިޔާ ޓްރޭވިސް ކެލްސްއަށް ފާރަލައި އިންޒާރު ދިން މީހަކު ހައްޔަރުކޮށްފި އެވެ.

ހަބަރުތައް ބުނާ ގޮތުގައި ނަން ހާމަކޮށްފައިނުވާ އެ މީހާ ހައްޔަރު ކޮށްފައިވަނީ އޮންލައިން ކޮށް ޓޭލާއަށާއި ޓްރޭވިސްއަށް އިންޒާރު ދިނުމަށްފަހު ޓޭލާގެ އެންމެ ފުރަތަމަ ކޮންސެޓަށް އޭނާ އައުމުންނެވެ. އެހެން ނަމަވެސް ޓޭލާއަށް އެއްވެސް ގެއްލުމެއް ލިބުމުގެ ކުރިން އެ މީހާ ހައްޔަރު ކުރެވުނުއިރު ޖަރުމަނުގައި ބާއްވާ ޓޭލާގެ ތިން ކޮންސެޓް ނިމެންދެން އޭނާ ހުންނާނީ ހައްޔަރުގައި ކަމަށް ހަބަރުތައް ބުނެ އެވެ.

މިއީ މިފަދަ ކަމެއް ޓޭލާއަށް ދިމާވި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ނިއުޔޯކްގައި ހުންނަ އޭނާގެ ގެއަށް ވަންނަން ވެސް ބަޔަކު މަސައްކަތްކުރި އެވެ.

މިކަމާ ބެހޭ ގޮތުން ޓޭލާ ބުނެފައިވަނީ އޭނާގެ ދިރިއުޅުމުގައި އެކަހަލަ ކަމެއް ވެދާނެ ކަމަށް ތައްޔާރަށް ހުންނަ ކަމަށާއި ކުއްލި ހާލަތުގައި ބޭނުންކުރާނެ އާލާތްތައް އޭނާ އަތުގައި އަބަދުވެސް ހުންނަ ކަމަށެވެ.

މި ހާދިސާއާ ނުލާ ޖަރުމަނުގައި ބޭއްވި ޓޭލާގެ ފުރަަތަމަ ކޮންސެޓް ވެގެންދިޔައީ އާއްމުންގެ ތަރުހީބު ލިބުނު ކާމިޔާބު ކޮންސެޓަކަށެވެ.