ބެން އެފްލިކްއާ އެކު ކުރިއަށްދާ ވަރީގެ މައްސަލައިގެ ތެރޭގައި ހޮލީވުޑްގެ އެކްޓަރު ޖެނިފާ ލޮޕޭޒްގެ 55 ވަނަ އުފަން ދުވަހުގެ ހަފްލާތައް ކުލަގަދަ ގޮތެއްގައި ފަށައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ލޮސް އެންޖެލެސްގައި ހުންނަ ޖެނިފާގެ ގޭގައި ކުރިއަށްދިޔަ ޕްރީ ބާތުޑޭ ބޭޝް ކުރިއަށް ދިޔައީ މަޝްހޫރު އިނގިރޭސި ސީރީޒްއެއް ކަމަށްވާ "ބްރިޖަޓަން"ގެ ތީމަށެވެ.

ހަފްލާއަށް އައި މެހެމާނުން ވެސް އެ ތީމްއާ ގުޅޭ ހެދުންތައް ލައިގެން އައިއިރު ފުރަތަމަ ވެސް އެ މީހުންނާ އިސްތިގުބާލުކުރީ އަސް ގާޑިޔާގެ ދަތުރެކެވެ.

މެހެމާނުން އުފުލުމުގައި ބޭނުންކުރި އަސް ގާޑިޔާ

މި ހަފްލާގައި ޖެނިފާގެ އާއިލާ މެމްބަރުންނާއި ގާތް ރަހުމަތްތެރިން ފެނިގެންދިޔައިރު ފިރިމީހާ ބެން އެފްލިކް ޕާޓީން ފެނިފައެއް ނުވެ އެވެ.

ދާދިފަހުން ބައްދަލުކުރި އެ ދެމީހުންގެ ކައިވެނީގެ އަހަރީ ދުވަހުގައި ވެސް ދެމީހުން އެއްކޮށް އެއްވެސް ހަފުލާއެއް ނުބާއްވާކަން މީޑިއާއަށް ފާހަގަވި އެވެ.

ޖެނިފާ އާއި ބެންގެ ކައިވެނީގައި މައްސަލަޖެހި ވަރިވާން އުޅޭކަމަށް އަޑުއެރި ނަމަވެސް އެ ދެތަރިން ކުރެ އެކަކުވެސް އެކަން ޔަގީން ކޮށްދީފައެއް ނުވެ އެވެ.

ނަވާރަ ސަތޭކަ ފަސްދޮޅަސް ނުވަ ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަަނަ ދުވަހު އުފަންވި ޖެނިފާއަކީ އަބަދުވެސް އޭނާގެ އުފަން ދުވަސް ކުލަގަދަ ގޮތަކަށް ފާހަގަކުރާ ތަރި އެކެވެ.