ސަޔަކީ އަހަރުމެން ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ލޯބިކުރާ ސިއްހަތަށް ވަރަށް ފައިދާހުރި ބުއިމެކެވެ. އަހަރުމެންގެ ތެރޭގައި އާއްމުވެފައި ވަނީ ކަޅުސައި ކަމަށްވިޔަސް ސަޔަކީ ގިނަ ވައްތަރުތަކެއް އެކުލެވޭ ބުއިމެކެވެ.

ގްރީން ޓީ

ގްރީން ޓީ ފާހަގަކޮށްލެވެނީ އޭގައި ހިމެނޭ އެންޓިއޮކްސިޑެންޓް ގިނަވުމުންނާއި، އަދި މީހާ ކާ އެއްޗެހި ހަކަތައަށް ބަދަލުކޮށްދޭ މަރުހަލާއަށް، ނޫނީ މެޓަބޯލިޒަމް އަވަސްކޮށްދޭތީ އެވެ.

ކަޅު ސައި

ކަޅު ސަޔަކީ ހުރިހާ ބާވަތެއްގެ ތެރެއިން އެންމެ އާންމު ބާވަަތެވެ. ދިރާސާތަކުން ދައްކާގޮތުން، އެ ރަހަ ގަދަ، މީރު ސައިން ކޮލެސްޓްރޯލް މިންވަރު އެއްހަމައެއްގައި ހިފަހައްޓަން އެހީވެދެ އެވެ.

ހުދު ސައި

ލުއި، ކުޑަކޮށް އޮކްސިޑައިޒްޑް ވެފައިވާ ހުދު ސަޔަކީ މުސްކުޅި ވުމުގެ އަލާމާތްތަކުން ސަލާމަތްކޮށްދޭ މާއްދާތަކެއް ހިމެނޭ ސަޔެއްގެ ގޮތުގައި މަޝްހޫރު ބުއިމެކެވެ.

ހާބަލް ޓީ

އެކި ބާވަތުގެ ގަސްގަހާގެހިން އުފައްދާ މި ސަޔަކީ، ހިތުގެ ބަލިތަކުގެ ޝިފާއަކަށް ބޭނުން ކުރާ، ކެފީން ނުހިމެނޭ ބާވަތުގެ ސަޔެކެވެ.

އޫލޯންގް ސައި

މެދު މިންވަރަކަށް އޮކްސިޑައިޒް ވެފައިވާ އޫލޯންގްއަކީ، ބަރުދަން ލުއިވުމަށް އެހީވެދޭ އަދި އެންޓިއޮކްސިޑެންޓް މުއްސަނދި ބާވަތެކެވެ.