މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ އާއި އޭނާގެ އަންހެނުން ހެއިލީ ބީބާއާ ދެމެދު މައްސަލަ ޖެހިފައިވާ ކަމަށާއި ވަރިއަކަށް މިސްރާބު ޖަހާފައިވާ ކަމަށް ދެކެވޭ ވާހަކަތަކަށް ހެއިލީ ރައްދު ދީފި އެވެ.

މިފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ހެއިލީ ބުނީ ޖަސްޓިން އާއި އޭނާގެ ކައިވެނީގެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އެ މީހުންގެ ވަރީގެ ވާހަކަތައް ދެކެވެމުން އަންނަ ކަމަށެވެ.

"އަހަރުމެންގެ ގުޅުމުގެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އެކަހަލަ ވާހަކަތައް އަޑުއިވޭ. ހީވަނީ އަހަރުމެން ދެމީހުން އުފަލުގައި އުޅޭކަން ގަބޫލު ކުރަން މީހުން ބޭނުން ނުވަނީހެން،" ހެއިލީ ބުންޏެވެ.

ޖަސްޓިންއާ އެކު އަލަތު ދަރިފުޅަށް ބަލިވެ އިން ހެއިލީ ވަނީ މާބަނޑުވުމުގެ ތަޖުރިބާއާ ބެހޭ ގޮތުން ވެސް އެ އިންޓަވިއުގައި ވާހަކަ ދައްކާފަ އެވެ.

އޭނާ ބުނީ އާއްމުންނަށް ސިއްރު ކުރުމުގެ ބަދަލުގައި އާއްމުކުރީ އެކަމުން އޭނާގެ އާއްމު ދިރިއުޅުމަށް ބުރޫ އަރައި ހަމަޖެހިގެން އުޅެން ދަތިވާނެތީ ކަމަށެވެ.

ދެހާސް އަށާރަ ވަނަ އަހަރު ކައިވެނިކުރި ޖަސްޓިން އާއި ހެއިލީއަކީ އެ މީހުންގެ ގުޅުން އާއްމުންނަށް ވަރަށް ފޮރުވައިގެން އުޅޭ ދެމަފިރިންނެވެ.