20 ރަށެއްގެ ސޯލާ ޕީވީ ނިޒާމުގައި ހަކަތަ މެނޭޖުކުރާ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކަާ ހަވާލުކޮށްފި އެވެ. އެގޮތުން މިމަޝްރޫއު ހަވާލުކޮށްފައި ވަނީ ޗައިނާގެ ސައިނޯޝޯ ހައިބްރިޑް ޓެކްނޮލޮޖީއާ އެވެ.
އެންވަޔަރަމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ތޯރިގް އިބްރާހީމެވެ. ސައިނޯޝޯގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު ގޫ ޒެންޕެންގެވެ.
އެއްބަސްވުމާ ގުޅޭ ގޮތުން އެންވަރަމަންޓް މިނިސްޓްރީން އެއްބަސްވުމުގެ ދަށުން 20 ރަށެއްގެ ސޯލާ ޕީވީ ހައިބްރިޑް ޕަވަ ސިސްޓަމްތައް އިތުރަށް ފުރިހަމަކުރުމަށް ބޭނުންވާ އެނަޖީ މެނޭޖްމަންޓް ސިސްޓަމް ނުވަތަ ހަކަތަ މެނޭޖްކުރާ ނިޒާމެއް ގާއިމު ކުރެވޭނެ ކަމަށެވެ.
ވިހި ރަށުގެ ސޯލާ ޕީވީ ނިޒާމުތަކުގައި ހަކަތަ މެނޭޖުކުރާ ނިޒާމު ގާއިމްކުރުމަށް 1،166،582 އެމެރިކާ ޑޮލަރު ހަރަދުވާނެ ކަމަށް އެންވަޔަރުމަންޓް މިނިސްޓްރީން ބުނެ އެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ ފަށާތާ 4 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ
ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި ގައުމަށް ބޭނުންވާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިގެ ނިޒާމުތަކުން އުފައްދާ ކަރަންޓަށް ބަދަލުކުރުމެވެ. މިހާތަނަށް ރާއްޖޭގައި 67.5 މެގަވޮޓުގެ އިރުގެ އަލިން ކަރަންޓު އުފައްދާ ނިޒާމު ވަނީ ގާއިމްކޮށްފަ އެވެ. މިއީ ގައުމަށް ބޭނުންވާ ކަރަންޓުގެ ގާތްގަނޑަކަށް 6 އިންސައްތައެވެ.
 އެކްސިޑެންޓެއްގައި މީހެއްގެ ބޯ ފަޅައިގެން ހިނގައްޖެ
			އެކްސިޑެންޓެއްގައި މީހެއްގެ ބޯ ފަޅައިގެން ހިނގައްޖެ
		 އަންނަ އަހަރުގެ ރަސްމީ ރިޒާވް 903 މިލިއަން ޑޮލަރަށް އަރާނެ
			އަންނަ އަހަރުގެ ރަސްމީ ރިޒާވް 903 މިލިއަން ޑޮލަރަށް އަރާނެ
		 
								
								 
					 
					 
					 
					 
					 
					 
					 
					 
					