ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ލޭޑާ ގާގާގެ ލޯބިވެރިޔަކީ ކާކުކަން އޭނާ އަމިއްލައަށް ޔަގީން ކޮށްދޭ ވީޑިއޯއެއް އާއްމު ވެއްޖެ އެވެ.

ފްރާންސްގެ ބޮޑުވަޒީރު ޖިބްރީލް އަތަލް އާއްމުކޮށްފައިވާ ޓިކްޓޮކު ވީޑިއޯއެއްގައި ލޭޑީ ގާގާ ވަނީ އޮލިމްޕިކްސް ހުޅުވުމުގެ ރަސިމިއްޔާތުގައި ވިޔަފާރިވެރިޔާ މައިކަލް ޕޮލެންސްކީއަކީ އޭނާގެ ބައިވެރިޔާގެ ގޮތުގައި އަތަލްއަށް ތައާރަފް ކޮށްދީފަ އެވެ.

މިއާއެކު އެދެމީހުން އެންގޭޖް ވެފައިވާކަން ޔަގީންވި އިރު މީގެ ދެތިން މަސް ކުރިން ލޭޑީ ގާގާ ވަނީ އޭނާގެ އިނގިލީގައި އަނގޮޓިއަކާއެކު ބޭރު ތެރެއިން ފެނިފަ އެވެ.

https://www.tiktok.com/@gabriel_attal/video/7396764563900878112?embed_source=121374463%2C121442748%2C121439635%2C121433650%2C121404359%2C121351166%2C121331973%2C120811592%2C120810756%3Bnull%3Bembed_blank&refer=embed&referer_url=www.etonline.com%2Flady-gaga-introduces-michael-polansky-as-her-fiance-at-2024-paris-olympics-225043&referer_video_id=7396764563900878112

އުމުރުން 38 އަހަރުގެ ލޭޑީ ގާގާއާއި ޓެކްނޮލޮޖީ ދާއިރާގެ ވިޔަފާރިވެރިއެއް ކަމަށްވާ މައިކަލް ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން 2020 ވަނަ އަހަރު އާއްމުކުރި ނަމަވެސް އެ ދެމީހުންގެ ގުުޅުން މީޑިއާއަށް ސިއްރު ކުރަން މަސައްކަތް ކުރެ އެވެ.

ހަބަރުތައް ބުނާ ގޮތުގައި ގާގާއާއި މައިކަލް އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވާއިރު ވަރަށް އަވަހަށް އެ ދެމީހުންގެ ކައިވެނި ވެސް އޮންނާނެ އެވެ.

ލޭޑީ ގާގާ ވަނީ މިިދިޔަ ހުކުރު ދުވަހު ފްރާންސްގެ ވެރިރަށް ޕެރިސްގައި އޮތް މިއަހަރުގެ އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވަރުގަދަ ހުށައެޅުމެއް ހުށައަޅައިދީފަ އެވެ.