ކައިވެންޏަށްފަހު ފިލްމީ މަސައްކަތްތަކާ ދުރަށް ޖެހިލި ބޮލީވުޑްގެ އެކްޓަރު ސޯނަމް ކަޕޫރު އަލުން ބޮލީވުޑަށް ނުކުންނަން ތައްޔާރުވަމުން އަންނަ ކަމަށް ބުނެފި އެވެ.

ދަ ޑާޓީ މެގެޒިންއަށް ދިން އިންޓަވިއުއެއްގައި ސޯނަމް ބުނީ އާއްމުންގެ ފަރާތުން ފާޑުކިޔުން އަމާޒުވި ނަމަވެސް ވަރަށް އަވަހަށް އޭނާ ފިލްމަކުން ފެންނާނެ ކަމަށެވެ. އެގޮތުން އޭނާއަށް ބައެއް ފިލްމުތައް ހުށައެޅިފައިވާ ކަމަށާއި އެހެން ނަމަވެސް ގިނަ ފިލްމުތަކަކީ އޭނާގެ އުމުރަށް ވުރެ ހަގު އުމުރުތަކުގެ ރޯލުތައް ކުޅެން ޖެހޭ ފިލްމުތައް ކަމަށެވެ.

އެފަދަ ރޯލެއް ކުޅެން ބޭނުންނުވާ ކަމަށް ބުނަމުން މިހާރު އުމުރުން 39 އަހަރުގެ ސޯނަމް އިތުރަށް ބުނެފައި ވަނީ އޭނާއަކީ ޚުޝީ އާއި ޖާންވީ ފަދަ ޒުވާން އެކްޓަރެއް ނޫން ކަމަށާއި ކުޅެން ބޭނުންވަނީ އުމުރާ ގުޅޭ ރޯލުތައް ކަމަށެވެ.

ޒުވާން ރޯލުތައް ލިބެމުން ދާތީ ކުރެވެނީ ކޮން އިހުސާސެއްތޯ ސުވާލު ކުރެވެމުން އޭނާ އުމުރުން ދޮށިވާހެން މީހުންނަށް ހީނުވުމަކީ ލިބޭ އުފަލެއް ކަމަށާއި އެހެން ނަމަވެސް އެއީ ހަގީގަތަކަށް ނުވާނެ ކަމަށް ސޯނަމް ބުންޏެވެ.

2018 ވަނަ އަހަރު ވިޔަފާރިވެރިޔާ އާނަންދު އަހޫޖާއާ ކައިވެނިކުރި ސޯނަމްއަށް އަލަތު ދަރިފުޅު ވާޔޫ ލިބުނީ 2022 ވަނަ އަހަރު އެވެ. ސޯނަމް އެންމެ ފަހުން ލީޑު ރޯލަކުން ފެނިފައިވަނީ 2019 ވަނަ އަހަރު ނުކުތް "ދަ ޒޯޔާ ފެކްޓާ"އިންނެވެ.