ސްޕެއިންގެ ރަށެއް ކަމަށްވާ އިބީޒާގައި ޗުއްޓީ ހޭދަ ކުރަމުން ދަނިކޮށް ހޮލީވުޑްގެ ލަވަކިޔުންތެރިޔާ ޒެކް އެފްރޮންއަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާ ދީފި އެވެ.

މީޑިއާ ހަބަރުތައް ބުނާ ގޮތުގައި އިބީޒާގެ ރިސޯޓް ވިލާއެއްގައި ޗުއްޓީ ހޭދަ ކުރަމުން ދިޔައިރު ދިމާވި "ސްވިމިން ޕޫލް އެކްސިޑެންޓް" އެއްގެ ސަބަބުން ޒެކް ވަނީ ސްޕެއިންގެ މެޑިކަލް ސެންޓަރަކަށް ގެންދެވިފަ އެވެ.

މި ހާދިސާގައި އޭނާއަށް މާބޮޑު އަނިޔާއެއް ނުވި ނަމަވެސް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް ހަބަރުތައް ބުނެ އެވެ.

އޮގަސްޓް މަހުގެ ދެވަނަ ދުވަހު ހިނގި އެކްސިޑެންޓްގެ ސަބަބުން ޒެކްއަށް ފަރުވާ ދިނުމަށްފަހު ޖެހިގެން އައި ދުވަހުގެ ހެނދުނު ހޮސްޕިޓަލުން އޭނާ ވަނީ ދޫކޮށްލާފަ އެވެ.

"ހައި ސްކޫލް މިއުޒިކަލް" އާއި "ބޭވޮޗް" ފަދަ އުފެއްދުންތަކުން އާއްމުންގެ މަގުބޫލުކަން ހޯދާފައިވާ ޒެކް އިބީޒާގައި ޗުއްޓީ ހޭދަކުރަނީ އޭނާގެ ލޯބިވެރިޔާ މާޓިން ގެރިކްސްއާއެކުގަ އެވެ.

ސްޕެއިންގެ އިބީޒާއަށް އައުމުގެ ކުރިން ޒެކް ވަނީ ދާދި ފަހުން ގްރީސްގެ ރަށެއް ކަމަށްވާ މިކޯނޯސްގައި ވެސް ޗުއްޓީ ހޭދަކޮށްފަ އެވެ.