ބޮލީވުޑްގެ "ޕާފެކްޝަނިސްޓް"ގެ ގޮތުގައި މަޝްހޫރުވެފައިވާ އާމިރު ޚާން އެކްޓިން ދޫކޮށްލަން ގަސްދުކޮށްފައިވާ ކަމަށް ހަބަރުތައް ބުނެފި އެވެ.

އިންޑިއާގެ މީޑިއާގައި މިހާރު ދައުރުވަމުން އަންނަ ރިޕޯޓުތައް ބުނާ ގޮތުގައި އާމިރު ފިލްމީ ދާއިރާއިން ދުރަށް ދާން ނިންމާފައިވާކަން އާއިލާއަށް ވަނީ އަންގާފަ އެވެ. އެގޮތުން ދަރިފުޅު ޖުނައިދަށް އެ ވާހަކަ އަންގައި އޭނާގެ ޕްރޮޑަކްޝަން ކުންފުނި "އާމިރު ޚާން ޕްރޮޑަކްޝަންސް"އާ ހަވާލުވާން ވެސް ޖުނައިދު ކައިރީގައި ބުނެފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.

މީގެ ކުރިން ފިލްމީ ދާއިރާއާ ދުރަށް ދިއުމާ ބެހޭ ގޮތުން އާމިރު ބުނެފައި ވަނީ 2020 ގައި ކުރިމަތިވި ކޮވިޑް ދުވަސްވަރަކީ ބޮލީވުޑްގައި އޭނާގެ އެންމެ ފަހު ދުވަސްވަރު ކަމަށެވެ.

އޭގެ ފަހުންވެސް އާމިރުގެ ގިނަ ފިލްމުތަކެއް ރިލީޒްވެފައިވެ އެވެ. އޭގެ ތެރޭގައި "ލާލް ސިންހް ޗައްދާ" އަދި "ތަގްސް އޮފް ހިންދުސްތާން" ހިމެނެ އެވެ.

އެހެން ނަމަވެސް އާމިރުގެ އެހެން ފިލްމުތަކަށް ލިބޭފަދަ ތަރުހީބެއް މިފަހުން ރިލީޒްކުރި ފިލްމުތަކަށް ލިބިފައިނުވާކަން ފާހަގަކުރެވެ އެވެ.

"ގަޔާމަތު ސޭ ގަޔާމަތު ތަކް" އިން 1988 ވަނަ އަހަރު ބޮލީވުޑަށް ނުކުތް އާމިރު ވަނީ އޭނާގެ ކެރިއަރުގައި ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފަ އެވެ.