މަޝްހޫރު ބިލިއަނަރު މޮޑެލް އަދި ރިއަލިޓީ ޓީވީ ތަރި ކިމް ކާޑޭޝަން ބޭނުންކޮށްފައިވާ އިތުރު އަންނައުނުތަކެއް އޮންލައިންކޮށް ވިއްކަން ފަށައިފި އެވެ.
މިދިޔަ އަންގާރަ ދުވަހު ކިމް ބުނެފައިވަނީ "ކާޑޭޝަން ކްލޯސެޓް"އަށް އޭނާގެ ބައެއް އަންނައުނު އިތުރު ކޮށްފައިވާނެ ކަމަށެވެ. އޭގެ ތެރެއިން ބައެއް އަންނައުނަކީ އެކި ފަހަރު މަތިން އޭނާ ބޭނުންކޮށްފައިވާ ސްވިމް ސޫޓްތަކެކެވެ.
ކިމްގެ އާ ހެދުންތަކުގެ އަގު 1000 ޑޮލަރުން މަތީގައި އުޅޭއިރު ބައެއް ހެދުންތައް މިހާރުވެސް ވިކިފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.
އެހެން ނަމަވެސް ކިމް ބޭނުންކުރަނީ "އެކްސްޓްރާ ސްމޯލް" ސައިޒުގެ ހެދުންތަކަށް ވާތީ ބައެއް ހެދުންތައް ވިއްކުމުގައި ދަތިތަކެއް ހުރި ކަމަށްވެސްވެ އެވެ.
ކާޑޭޝަން ކްލޯސެޓްއަކީ ކާޑޭޝަން އާއިލާގެ މެމްބަރުން ބޭނުންކޮށްފައިވާ އަންނައުނުތައް ވިއްކަން ހަދާފައިވާ ޕްލެޓްފޯމަކަށްވާއިރު އެ ޕްލެޓްފޯމްގައި އާއްމުކޮށް ކިމް އޭނާގެ ހެދުންތައް ވިއްކަ އެވެ.
މި ވިޔަފާރިން ލިބޭ ފައިދާގެ 10 ޕަސެންޓް މީގެ ކުރިން އެއާއިލާއިން ފަގީރުންނަށް ހަދިޔާކުރި ނަމަވެސް މިހާރު އެކަން ވަނީ ހުއްޓާލާފަ އެވެ.
ހުޅުމާލެ ދެވަނަ ފިޔަހީގެ އާ މިސްކިތް ހުކުރު ދުވަހު ހުޅުވަނީ
ދަރްމެންދްރާގެ މަރަށްފަހު އޭނާގެ އާ ފިލްމެއް!
ވޯލްޑް ކަޕް 2026ގެ ލޯގޯ އިން ރަމްޒުކޮށްދެނީ ކޮން ކަމެއް!؟