ހެޕީ ހޯމޯންސްއަކީ މިހާއަށް އުފާވެރި ކަމުގެ އިހުސާސް ގެނުވައިދީ ހިތްހަމަޖެހުން ގެނުވައިދޭ ހޯމޯން އެކެވެ. މި ހޯމޯން ހަށިގަނޑުގައި ގިނަވާވަރަކަށް އުފާވެރިކަން އިތުރުވާއިރު ހޯމޯން ގިނަ ކުރަން ކުރެވިދާނެ ކަންކަން ވެސް ހުރެ އެވެ.
ގަވާއިދުން ކަސްރަތު ކުރުން
ކަސްރަތު ކުރުމުގެ ޖިސްމާނީ ފައިދާތަކުގެ އިތުރުން ނަފްސާނީ ފައިދާތަކެއް ވެސް ވާއިރު ހަށިގަނޑުގައި ހެޕީ ހޯމޯން ގިނަވެ ހިތްހަމަޖެހުން ލިއްބައިދިނުމަކީ އޭގެ ތެރެއިން ފައިދާ އެކެވެ.
އިޖުތިމާއީ ގުޅުން ވަރުގަދަ ކުރުން
އާއިލާއާއި ރަހުމަތްތެރިންނާއެކު ވީހާވެސް ގިނައިން ވަގުތު ހޭދަކޮށް އިޖުތިމާއީ ގުޅުންތައް ވަރުގަދަ ކުރުމަކީ ވެސް އުފާވެރިކަން ގެނުވައިދޭ ކަމެކެވެ.
ރަނގަޅަށް ނިދުން
ދުވާލެއްގެ މައްޗަށް ލިބެންވާ ނިދި ހަށިގަނޑަށް ނުލިބޭނަމަ ކަންކަމާ ރުންކުރުވެ މާ އަވަހަށް ރުޅިއާދެވޭ ގޮތްވެ އެވެ. އެއާ ޚިލާފަށް ރަނގަޅަށް ނިދި ލިބޭނަމަ ހަށިގަނޑުގައި ހެޕީ ހޯމޯންސް އުފައްދައިދީ ދުވަސް އުޖާލާ ކުރުވަ އެވެ.
ޕީއެންސީގެ ދިއްގަރު ދާއިރާގެ ރައީސް ކަމުން ނާޒިމް ވަކިކޮށްފި
ބްރޯޑްކާސްޓިން ކޮމިޝަނަށް ނުލިބި 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ
"ހޭ ޖަވާނީ ތޯ އިޝްގް ހޯނާހޭ"އަށް ބޮކްސް އޮފީހުގައި ފިނި ފެށުމެއް!