ދުޅަހެޔޮ ސިއްހަތަކަށް ކަސްރަތު ކުރުމަކީ މުހިއްމު ކަމަކަށް ވާއިރު އެކަން ކުރުމުގައި ބައެއް ކަންކަމަށް ސަމާލުވާންޖެހެ އެވެ. ހަށިގަނޑަށް ލިބިދާނެ އަނިޔާއަކުން ސަލާމަތް ވުމަށްޓަކަ އެވެ.
އެގޮތުން ކަސްރަތު ކުރުމުގައި ސަމާލުވާން ޖެހޭ އެންމެ މުހިއްމު އެއް ކަމަކީ ހުޅުތަކުގެ ސިއްހަތެވެ. ކަސްރަތު ރޫޓިންގެ ސަބަބުން ހުޅުތަކަށް ބާރުބޮޑުވެ ދާއިމީ ބައްޔަކަށް މަގުފަހިވެދާނެތީ އެވެ.
ބަރު އުފުލާ ކަސްރަތުތަކަކީ ކަކުލާއި ފައިގެ ކުޑަހުޅަށް ބާރު ބޮޑު ކުރުވާ ކަސްރަތުތަކަށް ވާއިރު މިފަދަ ކަސްރަތުތައް ކުރުމަށްޓަކައި ތިމާއަށް ވާ ވަރުން ކުރިއަށް ދިއުން މުހިއްމެވެ.
އެގޮތުން ފަލަ މީހުން ބަރު އުފުލުމުގައި އެނޫން މީހުންނަށްވުރެ ފަރުވާތެރިވާން ޖެހޭ ކަމަށާއި ނޫންނަމަ ހަށިގަނޑުގެ ބަރާއި އުފުލާ ބަރު އެކުވެ ކަކުލު ހުޅަށް އަނިޔާވުން އެކަށީގެންވާ ކަމަށް މާހިރުން ބުނެ އެވެ.
މިފަދަ އަނިޔާތަކުގެ ދާއިމީ ނަތީޖާއަކަށްވަނީ ރާއްޖެބަލި ފަދަ ހުޅުތަކުގައި ރިއްސާ ބަލިތައް ޖެހި އުމުރުގެ ފަހުބައިގައި އެ ތަކުލީފު އިތުރުވުމެވެ.
އެއާ ހިލާފަށް މާހިރުން ލަފާ ދެއްވާ އެންމެ ރަނގަޅު ގޮތަކީ ކަސްރަތު ކުރަން ފަށާއިރު ބަރު އުފުލާ ކަސްރަތު ނުކުރުމާއި ކަސްރަތަށް ހަށިގަނޑު ހޭނެމުން ދާވަރަކަށް އެފަދަ ކަސްރަތުތައް ކުރުމެވެ.