ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ ހަތަރު ބިދޭސީއަކު ޑީޕޯޓްކޮށްލައިފި އެވެ.
އިމިގްރޭޝަނުން މިއަދު ބުނީ މި މީހުން އަތުލައިގަތީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، އިމިގްރޭޝަނާއި ފުލުހުން އޮގަސްޓު 11 ވަނަ ދުވަހު ހިންގި ހާއްސަ އިންސްޕެކްޝަނެއްގައި ކަމަށެވެ.
އެ އޮޕަރޭޝަންގައި އަތުލައިގެންފައިވަނީ ތިން އަންހެނުންނާއި އެމީހުންގެ އެޖެންޓުގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީ ފިރިހެނެއްކަމަށް އެ އިދާރާއިން ބުނެ އެވެ.
އެމީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ތަހުގީގު ކުރުމަށްފަހު ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް މިހާރު ވަނީ ޑީޕޯޓުކޮށްލާފަ އެވެ.
ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން ހުއްޓުވުމަށް އިމިގްރޭޝަނާއި ސަރުކާރުގެ އިދާރާތަށް ގުޅިގެން ކުރަމުންދާ މަސައްކަތުގައިވަނީ މިހާތަނަށް 2000 އަށްވުރެ ގިނަ ބިދޭސީން ހުއްޓުވާފަ އެވެ.
ކައިވެނި ކުރާނީ ކޮން އިރަކުންތޯ އެހުމުން ޝްރައްދާ ބުނީ ކީކޭ؟
"ދަ ކެރެލާ ސްޓޯރީ"ގެ ދެވަނަ ބައި އަންނަ މަހު!
އިންސްޓަންޓް ނޫޑްލްސް: އަނގައަށް މީރުވިޔަސް ސިއްހަތަށް ނުރައްކާ!