ހުޅުމާލޭގައި ބާރަށް ދުއްވި ކާރެއް ސައިކަލެއްގައި މަޑުކޮށްގެންއިން މީހެއްގެ ގައިގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގެ މައްސަލާގައި ކާރު ދުއްވި ކަމަށް ތުހުމަތުކުރާ އިބްރާހީމް އިކްރާމް މިނިވަން ވެއްޖެ އެވެ.
އޭނާ މިނިވަންވީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތު ނުދީ ދަށުކޯޓުން މުއްދަތު ޖެހުމުންނެވެ.
ޖުލައި 31 ގައި ހިނގި އެ އެކްސިޑެންޓުގައި އިކްރާމް ހިމެނޭހެން ކާރުގައި ތިބި ތިން މީހުންވެސް ވަނީ ފިލަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ފުލުހުން ވަނީ ތިން މީހުންވެސް ފަހުން ހައްޔަރުކޮށްފަ އެވެ. އެއަށްފަހު ކޯޓުންވަނީ ތިން މީހުންވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
ފަހުން އިކްރާމްގެ ފަރާތުން ހައިކޯޓްގައި ބަންދުގެ މައްސަލަ އިސްތިއުނާފުކުރީ ވަކީލަކު ނެތި ދަށު ކޯޓުން ބަންދުގެ މުއްދަތު ޖެހި ކަމަށް ބުނެ އެވެ. ބަންދުގެ މުއްދަތު ޖެހީ ގޯސްކޮށް ކަމަށް ނިންމާ ހައިކޯޓުން މިއަދު ވަނީ ހުކުމް ކޮށްފަ އެވެ.
ވަކީލަކު އައްޔަންކުރުމަށް ދަށުކޯޓުން އިކްރާމްއަށް ފުރުސަތު ދިންކަމަށް ބުނެ ފުލުހުން ހައިކޯޓަށް ދޮގު މައުލޫމާތު ދީފައިވާތީ އެ މައްސަލަ ތަހުގީގު ކުރަން ޖެހޭނެ ކަމަށްވެސް ހައިކޯޓުގެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ފައިސަލް ވިދާޅުވި އެވެ.
ވޯލްޑް ކަޕް: ދަނޑު މަތިންނާއި ދަނޑު ބޭރުން ވެސް އެތައް ކަމެއް!
ދިރާގުގެ އެލީޓް ކްލަބްގެ ޕާޓްނަރަކަށް އީޒްއެޕް
ރޮނާލްޑޯ ޖޫނިއާ ވޯލްޑް ކަޕް ކުޅޭނީ ކޮން ގައުމަކަށް؟
ދިވެހިރާއްޖެ. އާންމުމީހާއަށް އިންސާފެއް ނުލިބޭނެ.