މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް އަންހެނަކު މަރާލި މައްސަލާގައި ދައުވާ ލިބޭ ސާހިލް އަލީ ގާނޫނީ ވަކީލެއްގެ އެހީއެއް ނެތި ކޯޓުގައި އަމިއްލައަށް ދައުވާއަށް ޖަވާބުދާރީވާން އޭނާ ނިންމައިފި އެވެ.
މާލޭގެ ގެއެއްގެ ތެރޭގައި އޮގަސްޓް, 2022 ގައި ޝިއާއު މުހައްމަދު ސައީދު މަރާލުމަށް ފަހު އޭނާގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދިން މައްސަލާގައި ފ. ނިލަންދޫ ފިނިފެންމާގޭ ސާހިލްގެ މައްޗަށް ފަސް ދައުވާއެއް ކުރެ އެވެ.
ސިއްރު ކޮށްގެން ކުރިއަށް ގެންދާ އެ ޝަރީއަތާ ގުޅިގެން ކްރިމިނަލް ކޯޓުން ބުނީ މިއަދު ބޭއްވި އަޑުއެހުމުގައި ސާހިލް އަމިއްލައަށް ދައުވާއަށް ޖަވާބުދާރީވާން ބޭނުންވާ ކަމަށް ބުނެފައިވާ ކަމަށެވެ.އެހެންކަމުން, އެ މައްސަލައިގެ ހުރިހާ ލިޔެކިޔުމެއް ސާހިލް އާ ހަވާލުކުރަން ކޯޓުން ވަނީ ނިންމައިފަ އެވެ. އަދި ބައެއް ލިޔުންތައް ސިއްރު ކޮށްފައިވާތީ އެ ލިޔުންތައް ސާހިލްއަށް ކޯޓުގައި ބެލޭ ގޮތަށް އިންތިޒާމް ވެސް ހަމަޖައްސާނެ ކަމަށް ކޯޓުން ބުންޏެވެ.
އެ މައްސަލާގައި ދެން އޮންނާނީ ދައުވާ އިއްވުމާއި ދައުވާއަށް ޖަވާބުދާރީވުން ކަމަށް ކޯޓުން ބުންޏެވެ.
އެ މައްސަލާގައި ސާހިލްގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތް އޮތީ ސިއްރުކޮށްފަ އެވެ.
ސާހިލްއަށް ދައުލަތުގެ ހަރަދުގައި ކުރިން ދެ ފަހަރަކު ވަކީލުން ހަމަޖައްސައި ދިން ނަމަވެސް، އޭނާ ވަކީލުންނަށް އެއްބާރުލުން ނުދޭތީ ވަކީލުން އޭނާ އަށް އިތުރަށް ހަމަޖައްސައި ނުދޭން އެޓާނީ ޖެނެރަލްގެ އޮފީހުން ކުރިން އޮތީ ނިންމައިފަ އެވެ.
އެމެރިކާގެ ބައެއް އުފެއްދުންތަކުން ކެނެޑާއިން ޓެރިފް ނަގަނީ
9 އަހަރަށްފަހު މޭގަން އަނބުރާ އެކްޓިންއަށް އަންނަނީ!
އަޔާޑާ މައްސަލައާ ގުޅިގެން އެމްޓީޑީސީގެ ބޯޑުން އަސާމީ އިސްތިއުފާ
