ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ރީލޯޑްކޮށްގެން ކޮންމެ ހަފުތާއަކު އައިފޯން 15 ޕްރޯއެއް ކާމިޔާބު ކުރުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ދިރާގުން ބުނީ މި ޕްރޮމޯޝަނާ އެކު 20 ރުފިޔާ ނުވަތަ އެއަށްވުރެ މަތިން ރީލޯޑް ކުރާ ޕްރީޕެއިޑް ކަސްޓަމަރުންގެ މެދުގައި ކޮންމެ ހަފުތާއަކު ނެގޭ ގުރުވަތުގެ ނަސީބުވެރިއަކަށް އައިފޯން 15 ޕްރޯއެއް ލިބޭނެ އެވެ. އަދި މިމަހުގެ 30 ގެ ނިޔަލަށް ކުރިއަށް ދާ މި ޕްރޮމޯޝަންގައި ދިރާގު ޕްރީޕެއިޑް، އަމަރު އަދި މަމެން ޕްލޭން ގެންގުޅޭ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ ކަމަށް ދިރާގުން ބުނެ އެވެ. އަދި ދިރާގު އެޕް، މައިއެކައުންޓް އަދި ޕާޓްނަރު ފިހާރަތައް މެދުވެރިކޮށް ރީލޯޑްކޮށްގެން ވެސް މި ގުރުވަތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވިފައިވާ ކަމަށް ދިރާގުން ބުނެ އެވެ.
ދިރާގުގެ ޕޯޓްފޯލިއޯގައި ތަފާތު ޑޭޓާ އެލަވަންސްތަކާއި ވެލިޑިޓީ އިޚްތިޔާރު ކުރެވޭގޮތަށް ފަރުމާކުރެވިފައިވާ އެކި ޕްރީޕެއިޑް ޕްލޭންތައް ހިމެނިފައިވެ އެވެ.
ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށެވެ.