ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިއަދު ޕިކަޕަކާއި ސައިކަލެއްޖެހި އެކްސިޑެންޓެއްވެ އަންހެނަކަށް ފަރުވާދޭން ފަށައިފި އެވެ.
ފުލުހުން ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޕިކަޕަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބިގެން ސީންގައި ފުލުހުން ހަރަކާތްތެރިވަމުން ދާކަމަށެވެ.
މި އެކްސިޑެންޓްގައި ސައިކަލު ދުއްވި މީހާއަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށާއި އަދި އެއީ ދިވެހި އަންހެނެއް ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.
މީސްމީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެންނަގޮތުގައި އެކްސިޑެންޓްވެފައިވަނީ ހުދު ކުލައިގެ ޕިކަޕަކާއި ރަތް ކުލައިގެ ސްކޫޕީ ސައިކަލެކެވެ.
މިމަހު ހިނގި ދެ އެކްސިޑެންޓެއްގައި ދެ ޒުވާނަކު ވަނީ ނިޔާވެފަ އެވެ. މަގުމަތީ އެކްސިޑެންޓްތައް އިތުރުވެފައިވާ އިރު ފުލުހުންދަނީ މަގުތަކަކީ އަމާން ރައްކާތެރިތަނަކަށް ހެދުމަށް ހާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.

ރޯދަ ވީއްލުމަށް ފިނިބުއިމެއް ރަނގަޅެއް ނޫން!
ކުޑަކުދިންގެ ބަރަހަނާ ފޮޓޯ ގެންގުޅުނު މީހާ ދޫކޮށްލައިފި
ހިތަދޫން މަރުވެފައި އޮއްވާ ފެނުނީ އޮސްޓްރޭލިއާ މީހެއް: ފުލުހުން