ދިރާގުގެ 36 ވަނަ އަހަރީ ދުވަސް ހާއްސަ އޮފާތަކަކާއެކު އެކުންފުނިން ފާހަގަކޮށްފި އެވެ.

މި އޮފާތައް އިއުލާންކޮށްފައިވަނީ މިއަދު ދިރާގު ހެޑް އޮފީހުގައި އެކުންފުނިން ބޭއްވި ހާއްސަ ޕްރެސް ކޮންފަރެންސެއްގަ އެވެ.

ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން ދިރާގުގެ ޑިރެކްޓަ، ބްރޭންޑް އެންޑް މާކެޓިންގް ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވަނީ ދިރާގަށް ކަސްޓަމަރުން ކުރައްވާ އިތުބާރަށްޓަކައި އެފަރާތްތަކަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާފަ އެވެ. އަދި ދިރާގުގެ ހިއްސާދާރުންނާއި ޕާޓްނަރުންނާއި ދިރާގުގެ ކުރީގެ އަދި މިހާރުގެ މުވައްޒަފުންނަށްވެސް އޭނާ ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

މީގެ އިތުރުން ދިރާގުން 36 އަހަރުގެ އީޖާދީ ކުރިއެރުންތައް ފާހަގަކުރަމުން ދާއިރު، އެކުންފުނިން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ކަސްޓަމަރުންނަށް މަތީ ފެންވަރުގެ ހިދުމަތެއް ފޯރުކޮށްދީ، ޑިޖިޓަލް މުސްތަގުބަލުގައި ކުރިއަށް ދެވޭނެ މަގު ފަހިކޮށްދިނުމަށްކަމަށް ވެސް މިރްޝާން ވިދާޅުވި އެވެ.

ދިރާގުގެ 36 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެކުންފުނިން ވަނީ މިއަދުގެ ޕްރެސް ކޮންފަރެންސްގައި ހިތްގައިމު އޮފާތަކެއް ލޯންޗުކޮށްފަ އެވެ. އެއީ:

އަލަށް ތައާރަފްކުރި ދިރާގު 'ވިން އަ ސްޕީޑްބޯޓް' ޕްރޮމޯގެ ދަށުން:

ކޮންމެ ދުވަހަކު އައިފޯން 16 އެއް: ދިރާގު 'ވިން އަ ސްޕީޑްބޯޓް' ޕްރޮމޯޝަނުގައި އެންރޯލްކޮށްފައިވާ ހުރިހާ ކަސްޓަމަރުންގެ މެދުގައި ނެގޭ ގުރުވަތެއްގައި އޮކްޓޫބަރު މަހުގެ ފުރަތަމަ ދެ ހަފުތާގެ ތެރޭގައި ކޮންމެ ދުވަހަކު އައިފޯން 16 އެއް ދިނުމަށް ދިރާގުން ވަނީ ހަމަޖައްސާފަ އެވެ.

  • ޑަބަލް ދަ ޗާންސް: 16 ސެޕްޓެންބަރުން ފެށިގެން 31 އޮކްޓޫބަރު 2024 ގެ ނިޔަލަށް ދިރާގު 'ވިން އަ ސްޕީޑްބޯޓް' ޕްރޮމޯޝަންގައި އެންރޯލްކުރާ ފަރާތްތަކަށް އަލް ޝާލީ މެރިން، މަޖެލަން 32 ބޯޓަކާ އެކު ޔަމަހާ 175 ހޯސްޕަވަރުގެ ދެ އައުޓްބޯޑް އިންޖީނު ހޯދުމުގެ ފުރުސަތު ދެގުނަ ވެގެންދާނެ އެވެ.
  • ހިލޭ ދަތުރެއް: އޮކްޓޫބަރު މަހު ދިރާގުން ކުރިއަށްގެންދާ ހާއްސަ ސޯޝަލް މީޑިއާ ކޮންޓެސްޓެއްގައި ބައިވެރިވެގެން އަލް ޝާލީ މެރިން، މަޖެލަން 32 ބޯޓެއްގައި ހަތް ރައްޓެހިންނާ އެކު ހިލޭ ދަތުރެއް ދިޔުމުގެ ފުރުސަތު ދިރާގުން ހުޅުވާލާނެ އެވެ.
  • ކަހާލައިގެން އިނާމެއް: ޕްރީޕެއިޑް ކަސްޓަމަރުންގެ ތެރެއިން 350 ރުފިޔާ އަދި މަތީގެ އެޑް-އޮންއެއް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ ތެރެއިން ކޮންމެ ބޫސްޓަރެއް ނުވަތަ އެޑް-އޮންއެއް އެކްޓިވޭޓްކުރާ ފަރާތްތަކަށް ދިރާގު އެޕް މެދުވެރިކޮށް 'ސްކްރެޗް އެންޑް ވިން' ހިލޭ ޑޭޓާ އިނާމު ލިބޭނެ އެވެ. އަދި މި ޕްރޮމޯޝަންގެ ދަށުން ހަފުތާ ބަންދު ތެރޭގައި އައިފޯން 15 ޕްރޯ، ދިރާގު 5ޖީ ޓަބޯ ވައިފައި ޑިވައިސް ފަދަ ހާއްސަ އިނާމުތައް ލިބޭނެ އެވެ.
  • ސޮނީލިވް ހާއްސަ އޮފާ: ދިރާގު ޕޯސްޓްޕެއިޑް 750 އަދި ފައިބާ ބްރޯޑްބޭންޑް 30އެމް ނުވަތަ އެއަށްވުރެ މަތީގެ ޕްލޭންތައް ބޭނުންކުރާ ކަސްޓަމަރުންނަށް މެއި 2025ގެ ނިޔަލަށް ހިލޭ ސޮނީލިވް ޕްރިމިއަމް އެކްސެސް ލިބޭނެ އެވެ.
  • ހިލޭ ގޭމިންގް ޕީސީ: ދިރާގުގެ ވަން ސްޓޮޕް ޝޮޕް ގޭމިން ޕްލެޓްފޯމްކަމަށްވާ ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އަށް އޮކްޓޫބަރު 2024 ގައި ރަޖިސްޓްރީވާ ގޭމަރުންގެ މެދުގައި ނަގާ ގުރުވަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް ހިލޭ ގޭމިންގް ޕީސީއެއް ލިބިގެންދާނެއެވެ. މީގެ ތެރޭގައި މޮނީޓަރު، ކީބޯޑު، މައުސް އަދި މައުސް ޕެޑް ހިމެނޭނެ އެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ އިތުރު އީޖާދުތައް މެދުވެރިކޮށް ރާއްޖޭގެ ޑިޖިޓަލް މާހައުލު ކުރިއެރުވުމަށާއި 'ޑިޖިޓަލް ރާއްޖެ'އެއްގެ ތަސައްވުރު ހާސިލްކުރުމަށެވެ.