އުމުރުން ދުވަސްވުމުން ކަންކަން ހަނދާން ނެތުމަކީ އާންމުކޮށް ދިމާވާ ކަމެކެވެ. ނަމަވެސް، މިއީ އާދައިގެ ހަނދާން ބަލިކަން ތޯ ނުވަތަ ސިކުނޑިއަށް ޖެހޭ ބައްޔެއް ކަމަށްވާ "ޑިމެންޝިއާ"ގެ ކުރީކޮޅުގެ ޢަލާމާތެއްތުކަން ދެނެގަތުމަކީ އާއިލާތަކަށް ވަރަށް މުހިއްމު ކަމެކެވެ.
ނަފްސާނީ ބަލިތަކުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޢާއިލާތަކުން ނުވަތަ ގާތް މީހުންނަށް ފާހަގަވާން ޖެހޭ އެންމެ މުހިއްމު ފަސް އަލާމާތެއްވެ އެވެ.
ވާހަކަ ދައްކާއިރު ސުވާލު ނުވަތަ ވާހަކަ ތަކުރާރު ކުރުން
އާދައިގެ ހަނދާން ބަލިކަމާއި ސިކުނޑީގެ މައްސަލައަކާ ހުރި ތަފާތަކީ މި އެވެ. ޢާއިލާ މީހަކު، ތިމާ ޖަވާބު ދިންތާ އެންމެ ފަސް މިނެޓު ތެރޭގައި އަލުން ހަމަ އެ ސުވާލު ކުރުމާއި، އެއް ވާހަކައެއް އެއް ތަނެއްގައި އިށީނދެ އިނދެ އެތައް ފަހަރަކު ދެއްކުމަކީ ސިކުނޑިއަށް އާ މައުލޫމާތު ހަނދާނުގައި ބެހެއްޓުމަށް ދަތިވަމުންދާ ކަމުގެ ހެއްކެކެވެ.
ބޭނުންކުރާ ތަކެތި ބަހައްޓާ ތަންތަން ހަނދާން ނެތުން
އެއްޗެހި ގެއްލުމަކީ އާންމު ކަމެކެވެ. ނަމަވެސް ހަކުރު ފުޅި އައިސް އަލަމާރިން ފެނުމަކީ އާދައިގެ ކަމެއް ނޫނެވެ. ޑިމެންޝިއާގެ ކުރީކޮޅުގައި ތަކެތި ގެއްލުމުގެ އިތުރުން، އެ ތަކެތި ތަންތަނަށް ލާފައި ހޯދަންވީ ގޮތް ނޭނގިގެން އުޅެން ޖެހެ އެވެ.
ރަނގަޅު ބަސްތައް ހަނދާން ކުރުމަށް ދަތިވުން
ވާހަކަ ދައްކާއިރު ކުއްލިއަކަށް ވާހަކަ މެދުކެނޑި، އާންމުކޮށް ބޭނުންކުރާ ތަކެތީގެ ނަންތައް ހަނދާން ނެތި އެ ތަކެތީގެ ނަމުގެ ބަދަލުގައި "އެ އެއްޗެއް" ނުވަތަ އެއިން ކުރާ ކަންތައް ސިފަކޮށްދޭން މަސައްކަތް ކުރުމަކީ ސިކުނޑީގެ ބަހުގެ ނިޒާމަށް ހުރަސް އެޅެމުންދާ ކަމުގެ ނިޝާނެކެވެ.
އާންމުކޮށް ކުރާ ކަންކަން ކުރުމުގައި ދަތިތަކާ ކުރިމަތިވުން
ގެވެށި ކަންކަމާއި މާލީ ކަންކަން ބަލަހައްޓަމުން އައި މީހަކު ކުއްލިއަކަށް ހިސާބު ހެދުމުގައި ގޯސްތައް ހެދުމާއި، ނުވަތަ އަހަރުމެން ކައްކާ އާންމު ކާނާއެއްގެ ރެސިޕީ ހަނދާން ނެތުން ފަދަ ކަންކަމަކީ ސިކުނޑީގެ މަސައްކަތްތަކަށް ބަދަލު އަންނަމުން ދާކަން ދައްކުވައިދޭ ކަންކަމެވެ.
މި ކަންކަން މަޑުމަޑުން ގޯސްވަމުން ދިއުން
މިފަދަ ބަދަލުތައް ފެންނަމުން ގޮސް، ދުވަހަކަށް ވުރެ ދުވަހެއް މިކަންކަން އިތުރަށް ގޯސްވަމުން ދިއުމަކީ އެންމެ ނުރައްކާ ހާލަތެވެ. މިއީ ހަމައެކަނި އުމުރުން ދުވަސްވުމުން ވާ ގޮތެއް ނޫން ކަމާއި، ޑޮކްޓަރުންގެ ލަފާ ހޯދަން ޖެހޭ ފަދަ ކަމެއްކަން ގަބޫލުކުރަން ވާނެ އެވެ.
މިފަދަ އަލާމާތެއް އާއިލާ މީހެއްގެ ކިބައިން ފެނިއްޖެނަމަ، އަވަހަށް ޑޮކްޓަރެއްގެ ލަފާ ހޯދައި، އެކަމަށް ފަރުވާ ކުރުމަކީ ބަލީގެ ނުރައްކާ ކުޑަ ކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.
"އޭޖީޓީ"އިން ސައިމަން ދުރަށް، ސަބަބަކީ ކޮބާ؟
މާލެ އޯޕަންގެ ވަނަވަނަ ހާސިލުކޮށްފައިވާ ފެތުންތެރިންނަށް އިނާމު
މަސްތުގެ ހާލަތުގައި ކާރު ދުއްވައި އެކްސިޑެންޓްކުރި މީހާ ބަންދު