މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލާފައިވާކަމަށް ފުލުހުން ބުނެފި އެވެ.
މިކަމާ ގުޅިގެން މިއަދު ފުލުހުން ބުނީ ދިލްބަހާރު މަގުގައި ހުރި ފިހާރައެއްގެ ތެރޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާކަމަށް ރޭ 10 ޖަހާއެހާކަންހާއިރު ރިޕޯޓްކޮށްފައިވާކަމަށެވެ.
އަނިޔާ ލިބުނު މީހާއަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު ރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށާއި އެއީ ދިވެހި ފިރިހެނެއްކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައިނުވާކަމަށް ފުލުހުން ބުނެ އެވެ.
އީރާނުގެ ކަނޑު ބަންދުކޮށް އިގްތިސާދީ ފިއްތުން އިތުރު ކުރަނީ
އާމިރުއާއެކު އަލުން ފިލްމެއް ކުޅެން ބޭނުން ކަމަށް ޕްރިތީ ބުނެފި
މިނިވަންކަން ގެއްލޭނެ ފަދަ ހިތި ތަޖުރިބާ އިޔާދަވިޔަދީގެން ނުވާނެ