އުރީދޫ މޯލްޑިވްސްގެ އިން ފާހަގަ ކުރާ ކަސްޓަމަރުންގެ ދުވަހުގައި ސީނިއާ މެނޭޖްމަންޓާއި އެގްޒެކެޓިވްސް އިން ކަސްޓަމަރުންނާއި ޕާޓްނަރުންނާއި ބައްދަލުކުރުމަށް ނުކުމެއްޖެ އެވެ.
އުރީދޫ މޯލްޑިވްސް އިން ބުނީ އެ ކުންފުނީގެ ސީނިއާ މެނޭޖްމަންޓާއި އެގްޒެކެޓިވްސް އިން ކަސްޓަމަރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މި މަހުގެ އަށް ވަނަ ދުވަހު ކަސްޓަމަރުންގެ ދުވަސް ފާހަގަކޮށްފައިވާ ކަމަށެވެ. އެގޮތުން އުރީދޫގެ އަގުހުރި ކަސްޓަމަރުންގެ ބޭނުންތަކާއި ކަންބޮޑުވުންތައް އިތުރަށް ރަނގަޅަށް ދެނެގަތުމަށް ކަސްޓަމާ ސާވިސް ސެންޓަރުތަކަށާއި ބިޒްނަސް ޕާޓްނަރު ފިހާރަތަކަށާއި އެކި ހިދުމަތް ދޭ ތަންތަނަށް ޒިޔާރަތްކޮށް މި ދުވަސް ފާހަގަކުރި ކަމަށް އެ ކުންފުނިން ބުނެ އެވެ.
އުރީދޫން ބުނިގޮތުގައި ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް އުރީދޫއިން ކުރާ މަސައްކަތުގެ ތެރެއިން ސީއީއޯ ޚާލިދު އަލް ޚަމާދީ ސޯޝަލް މީޑިއާގައި ކަސްޓަމަރުންގެ ސުވާލުތަކަށް ޖަބާބުދީ، ހޭންޑްސް އޮން ސޮލިއުޝަންތައް ހުށަހަޅައި، ބޭނުންކުރާ ފަރާތްތަކުގެ އަގުހުރި ފީޑްބެކް ތައް އަޑުއަހާފައިވެ އެވެ. އަދި ޑިޖިޓަލް ޗެނަލްތަކުގެ އިތުރުން އަމިއްލަ މުއާމަލާތްތައް މެދުވެރިކޮށް ވެސް ކަސްޓަމަރުންނާ ގުޅުމަށް އުރީދޫއިން ކުރަމުން އަންނަ އަހައްމިއްޔަތުކަން އޭނާގެ އެންގޭޖްމަންޓުން ފާހަގަކޮށްފައިވެ އެވެ.
އުރީދޫން ބުނިގޮތުގައި މުޅި ދުވަހުގެ އެކި ވަގުތުތަކުގައި އުރީދޫގެ ސީނިއާ މެނޭޖްމަންޓާއި ޑިޕާޓްމަންޓްގެ އިސް ވެރިން ހިމެނޭ ގޮތަށް ގިނަ ތަންތަނަށް ޒިޔާރަތްކޮށް ކަސްޓަމަރުންނާ އަމިއްލައަށް ބައްދަލުކޮށް، އެ މީހުންގެ އަޑު ސީދާ ކުންފުނީގެ ނިންމުންތައް ނިންމާ ފަރާތްތަކަށް އިވޭކަން ކަށަވަރުކުރި އެވެ. އެގޮތުން ފީޑްބެކް އަޑުއަހައި، ކަންބޮޑުވުންތަކަށް ހައްލު ހޯދައިދީ، އުރީދޫގެ ބިޒްނަސް ޕާޓްނަރުންނާ ގުޅިގެން ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރެވޭނެ އާ ގޮތްތައް ދެނެގަތް ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
އުރީދޫގެ ކަސްޓަމާ ޑޭ އިނީޝިއޭޓިވްގެ ސަބަބުން ކަސްޓަމަރުންނާއި ޕާޓްނަރުންނާ އެކު ގާތް ގުޅުމެއް ބާއްވަން އެ ކުންފުނިން ކުރާ މަސައްކަތުގެ އަގު ވަޒަންކޮށްދެ އެވެ. ކަސްޓަމަރުންގެ ކަންބޮޑުވުންތައް އަޑުއަހައި، ފްރަންޓްލައިންއިން ސީދާ މައުލޫމާތު އެއްކޮށްގެން، އުރީދޫގެ އަމާޒަކީ އެ ކުންފުނީގެ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅުކޮށް، މުޖުތަމައުގެ ކުރިއަރަމުން އަންނަ ބޭނުންތައް ފުއްދައިދޭ އިނޮވޭޓިވް ސޮލިއުޝަންތައް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެ އެވެ.