މާލެއިން 86 ކޭސްއާ އެކު މިއަދު ޖުމްލަ 114 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަދު އަތޮޅުތެރެއިން 14 މީހަކު، ރިސޯޓްތަކުން ޖުމްލަ 14 މީހަކު ޕޮޒިޓިވްވެފައިވެ އެވެ.
މިއަދުގެ 114 ކޭސްއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައިވަނީ ޖުމްލަ 21،382 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 2،531 ގައި މިހާރު ހުރިއިރު 18،780 މީހުންވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.
މިހާތަނަށް މި ބަލީގައި 64 މީހަކު ވަނީ މަރުވެފަ އެވެ.
ކޮވިޑްގެ ކޭސްތައް މާލޭގައި އިތުރުވަމުން ދާތީ އެޗްޕީއޭ އިން ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. ފިޔަވަޅުތައް ވަރުގަދަ ކުރިނަމަވެސް އެޗްޕީއޭގެ އެންގުންތަކަށް ގިނަ ބަޔަކު އަމަލު ކުރަމުން ނުދެ އެވެ. އެކަމުގެ ސަބަބުން ކޭސްތައް ދަށްނުވާ ކަމަށް ޑޮކްޓަރުން ފާހަގަކުރެ އެވެ.
އިސްލާމްދީން ދެކެ އެންމެ ލޯބިވާ ޕާޓީ އަކީ އެމްޑީޕީ: އާޒިމް
"އަމިއްލަ ކެންޑިޑޭޓުންނަށް ނުފޫޒު ފޯރުވަން އީސީން މަގުފަހިކުރޭ"
ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭސް ބަހަން ފަށަނީ
