އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރު ކަމަށް އަބްދުލް ހަސީބު އިސްމާއީލް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުންދީފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އީސީގެ މެންބަރު ކަމަށް އަބްދުލް ހަސީބު އައްޔަން ކުރަން ފެންނަ ކަމަށް ފާސްވީ 68 މެންބަރުންގެ ވޯޓުންނެވެ.
މި އަހަރު ސެޕްޓެމްބަރު މަހުވަނީ އިސީގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލާފައެވެ. މިވަގުތު ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ހުންނެވި ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުގެ މެންބަރުކަމުގެ ދައުރު މިމަހުގެ 24 ގައި ހަމަވާނެއެވެ.
ކޮމިޝަންގެ މެންބަރުކަމަށް ރުހުން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައި ވަނީ ހަސީބްގެ ނަން އެކަނިއެވެ.
އީސީގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމު މިހާރު އަދާކުރައްވަމުން ގެންދަވާ ހަސީބު ވަނީ މީގެ ކުރިން ފިނެންސް މިނިސްޓްރީ އާއި އިސްލާމިކް މިނިސްޓްރީގެ އިސް މަގާމުތަކެއް ވެސް ފުރުއްވައިފަ އެވެ.
އެމެރިކާގެ ޖާސޫސީ މަރުކަޒް އަލް ދަފްރާއަށް އީރާނުން ހަމަލާދީފި
ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 21.65 ރުފިޔާއަށް އަރައިފި
އެންމެ ދިގު ޑައިރެކްޓް ފްލައިޓް ފަށަން ތައްޔާރު ވަނީ!