މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ގދ. ގައްދޫ، ކޯޒީރައުންޑް، ފާތިމަތު އަމީޒާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމީޒާ އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް 64 މެންބަރުން ވޯޓް ދެއްވާފައިވެ އެވެ. އަމީޒާއަށް ރުހުން ދޭން މަޖިލީހުން ފާސްވުމުން ދެވަނަ އަށް އޮތް ނަމަށް ވޯޓަށް އަހާފައިނުވެ އެވެ.
މީރާގެ ޑެޕިއުޓީ ކޮމިޝަނާ ޖެނަރަލްގެ މަގާމަށް ކުރިމަތިލުމަށް އާންމުކޮށް ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ދެ ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުއްވެވީ މިދިޔަ އޮކްޓޫބަރު މަހު އެވެ.
އަމީޒާގެ އިތުރުން ރައީސް މަޖިލީހަށް ފޮނުއްވީ މިހާރުވެސް އެ މަގާމުގައި ހުންނެވި ހއ. އިހަވަންދޫ، ވައިޖެހޭގެ، އަސްމާ ޝަފީއުގެ ނަމެވެ.
ފާހާނާ ތަށްޓަށްވުރެ ތި ބޫޓުގައި ޖަރާސީމު ގިނަކަން އެނގޭތަ؟
ޕްރައިމަރީ ކާމިޔާބު ކުރާނީ މީހުންގެ މަހާއި ކަށި ނުކައި: އާޒިމް
"މެން އެންޑް ޑަސްޓް" ސެލޫން ހުޅުވައިފި