ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ދުއްވަމުންދިޔަ ބޯޓެއް ޑްރޯންގެ އެހީގައި ހޯދައި ސިފައިންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.
އެމްއެންޑީއެފް އެއާ ކޯގެ ޑްރޯން ބޭނުންކޮށްގެންނާއި އެމްއެންޑީއެފް ކޯސްޓްގާޑު ގުޅިގެން ރާއްޖޭގެ އުތުރުގެ ސަރަހައްދު ބެލެހެއްޓުމަށް ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ބޭރު ގައުމެއްގެ ބޯޓެއް، ގާނޫނާ ހިލާފަށް ރާއްޖޭގެ ސަރަހައްދުގައި އުޅެނިކޮށް ޑްރޯނުން ލޮކޭޓްކޮށްފައިވާ ކަމަށެވެ. އަދި މިހާރު އެ އުޅަނދު ކޯސްޓުގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އެމްއެންޑީއެފް އެއާކޯގެ ނަމުގައި ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ އާ ގޮތްޕެއް އުފެއްދީ މި އަހަރު އެވެ. މިއީ ޑްރޯން މެދުވެރިކޮށް ކާމިޔާބު އޮޕަރޭޝަނެއް ހިންގި ފުރަތަމަ ފަހަރެވެ.

އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ އިތުރު 26 ކުއްޖަކަށް
އީރާނުން ތެލް އަވީވް ހުސްކުރަން 24 ގަޑިއިރުގެ މުހުލަތެއް ދީފި
އަހަރުގެ ފުރަތަމަ 2 މަސްތެރޭ އާސަންދައާއި ސަބްސިޑީއަށް 2 ބިލިއަން
