ބިރުވެރި ފިލްމުތަކަކީ އާއްމުކޮށް އެންމެންވެސް ބަލާހިތްވާ ފިލްމުތަކެކެވެ. އެހެން ނަމަވެސް ބައެއް ފިލްމުތަކަކީ އެކަނި ބަލަން ރަނގަޅުވާ ވަރަށްވުރެ މާ ބިރުވެރި ފިލްމުތަކެކެވެ. އެފަދަ ބައެއް ފިލްމުތަކަށް ބަލާލާނަމެވެ.

ދަ ރިންގް

ދަ ރިންގް

2002 ވަނަ އަހަރު ރިލީޒްކުރި މި ފިލްމަކީ ބިރުވެރި ކަންތައްތަކަކާ ގުޅިފައިވާ ވީޑިއޯ ޓޭޕެއް ފެންނަ ނޫސްވެރިޔެއްގެ ވާހަކަ ގެނެސްދޭ ފިލްމެކެވެ. މި ފިލްމަށް ލިބުނު ބޮޑު ކާމިޔާބީގެ އެއް ސިއްރަކީ ސިހުން ގެނުވާފަދަ ވާހަކައާއި ތަރިންގެ އެކްޓިން އެވެ.

ސައިކޯ

ސައިކޯ

1960ގެ ފިލްމު ސައިކޯއަކީ ވެސް އެކަނި ބަލަން އެދެވިގެންވާ ފިލްމެއް ނޫން ކަމަށްވެ އެވެ. ބުނެވޭ ގޮތުގައި އެ ފިލްމު ބެލި ބައެއް މީހުންނަށް ނަފްސާނީ އުނދަގޫތަކެއް ވެ ދުނިޔެއިންވެސް މޮޔަވި އެވެ.

އިޓް ފޮލޯސް

އިޓް ފޮލޯސް

70ގެ އަހަރުތަކުގައި ހިނގާފައިވާ ހަގީގީ ހާދިސާތަކެއް ދައްކުވައިދޭ 2014 ވަނަ އަހަރުގެ ފިލްމު "އިޓް ފޮލޯސް"ގައި ނޭވާ ހިފަހައްޓާލަން ޖެހޭ އެތައް މަންޒަރެއް ހިމެނޭނެ އެވެ.

މިޑްސާމަރް

މިޑްސާމާ

2019 ވަނަ އަހަރު ރިލީޒް ކުރެވުނު މި ހޮރޯ ތުރިލާ ފިލްމަކީ ބިރުން ފިތްކަނޑައިގެން ދާވަރުގެ ގިނަ މަންޒަރުތަކެއް އެކުލެވޭ ކާމިޔާބު ފިލްމެކެވެ.