އިސްކޮޅުން ކުރު ނަމަ ކޮންމެ ކޮންމެ ހެދުމެއް ނުގުޅޭނޭ ހީވެދާނެ އެވެ. ނަމަވެސް އިސްކޮޅުން ދިގުކަމަށް، ހެދުން އެޅުމުގެ އުކުޅުތަކުން ދެއްކިދާނެ އެވެ.
ފައިކުރި އަށް ފުޅާ ޖިންސް ނުވަތަ ފަޓްލޫނުން ވެސް އިސްކޮޅު ދިގު ކަމަށް ދައްކާނެ އެވެ. ސަބަބަކީ މިގޮތަށް ހެދުން އެޅުމުން ފައި ދިގުކޮށް ފެންނާތީ އެވެ.
ޖިންސް ނުވަތަ ފަޓްލޫނާ އެކު ހައި ހީލްއެއް ނުވަތަ ވެޖް ފައިވާނެއް ބޭނުން ކޮށްލަން ރަނގަޅު ވާނެ އެވެ. މިގޮތަށް ވައިޑް ލެގް ހަރުވާޅު ވެސް ބޭނުން ކުރެވިދާނެ އެވެ.
ބޫޓު ނުވަތަ ފައިވާން ޚިޔާރު ކުރާއިރު ކޮޅަށް ހިމަކޮށް ހުންނަ ނޫޑް ކުލައިގެ އެއްޗެހި ބޭނުންކުރާށެވެ. މިކަހަލަ ބޫޓުން ހިކި އަދި ފައި ދިގު ކަމަށް ހީވާނެ އެވެ. ލޮލަށް އޮޅުވާލެވޭނެ އެވެ.
ދިގަށް ރޮނގު ހުންނަ ނުވަތަ ސްޓައިލްގެ ބަހުރުވައިން ނަމަ ވާޓިކަލް ސްޓްރައިޕް ބޭނުންކުރުން މިއީ ވަރަށް ކްލެސިކް އުކުޅެކެވެ. މީއީ ހަށިގަނޑު ހިކިކޮށް ދައްކަން ވެސް ބޭނުންކުރާ އުކުޅެކެވެ.
މީގެ އިތުރުން، އުނަގަނޑުގައި ހިމަ ބެލްޓެއް އެޅުމުން ވެސް މީހާގެ ފައި ދިގުކޮށް ދައްކާނެ އެވެ. އަދި ހެދުމުގެ ކަރު ވީ ޝޭޕަށް ބެހެއްޓުމުން ނުވަތަ ޓާޓްލް ނެކް ބޭނުންކުރުމުން ވެސް އިސްކޮޅުން ދިގު ކަމުގެ ސިފަ ފެންނާނެ އެވެ.
އިސްކޮޅުން ކުރުވުމަކީ ގިނަ ބައެއްގެ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ކުޑަވާ ކަމަކަށްވާއިރު ކުރެވޭ ބައެއް ކަންކަމުން އެކަން ރަނގަޅު ކުރެވިދާނެ އެވެ.